އޮންލައިންކޮށް ޖުވާކުޅުމާއި ގޮތްނޭގޭ ތަފާތު ސްކީމްތަކުގައި ބައިވެރިވުމަކީ އެކަމަށް ދެވި ހިފާ، މާތްﷲ ދެއްވި ހަމަގުއްދީން ވިސްނާ ފިކުރު ކުރުމަށް ހުރަސްއެޅި ޝައުތާނާގެ ދަންތުރާގައި ޖެހިދާނެކެމެއް ކަމުގައި މިއަދު ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.
"ބުއްދި ޙިމާޔަތް ކުރުން" މި މައުޟޫއަށް ޚާއްސަކުރެވުނު މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވީ ވަލު ޖަނަވާރުންނާއި އިންސނާާ ތަފާތުވާ އެންމެ ބޮޑު ސަބަބަކީ މާތް ﷲ އިންސާނާއަށް ދެއްވާފައިވާ ބުއްދީގެ ނިއުމަތް ކަމުގައެވެ.
މާތް ﷲ އިންސާނާއަށް ދެއްވާފައިވާ ބުއްދީގެ ބޭނުން ހެޔޮ ގޮތުގައި ނުހިފައި ތިމާގެ ހަވާނަފްސަށް ހެއްލި ހިތުހުރި ގޮތަކަށް އުޅޭ އިންސާނާ ވެއްޓިފައިވަނީ، ހަގީގަތުގައިވެސް ވަލު ޖަނަވާރުންނަށްވުރެ ދަށު ދަރަހައަކަށެވެ.
މިއަދުގެ ޚުޠުބާގައި ވިދާޅުވެފައި ވެއެވެ.
މިއަދުގެ ޚުޠުބާގައި އިތުރަށް ވިދާޅުވީ ދިވެހި މި ކުޑަ މުޖުތަމަޢުގައިވެސް އިންސާނާގެ ހަމަބުއްދިއަށް އަސަރުކުރާ ފަދަ ނޭއްގާނީ ޢަމަލުތައް ކުރާކަމީ ހިތާމަކުރާންޖެހޭ ކަމެއް ކަމުގައެވެ.
ޚުޠުބާގައި ވިދާޅުވެފައިވަނީ މާތް ﷲ އިންސާނާއަށް ބުއްދި ދެއްވާފައި ކައުނުގައި ތަފާތު ހެކިތައް ލައްވާ ފޮތް ބާވާލައްވާ އެހުރިހައި ކަމަކާމެދު ވިސްނައި ފިކުރު ކުރުމަށް އަމުރު ކުރައްވާފައިވާ ކަމަށެވެ. އަދި ބުއްދީގެ ބޭނުން ހެޔޮގޮތުގައި ހިފާ މީހުންނަށް މާފް ﷲ މަދަހައިގެ ބަސްފުޅު ވަހީ ކުރައްވާފައިވާކަން ބަޔާން ކުރައްވަމުން ޚުޠުބާގައި ވިދާޅުވީ އިންސާނާ ކުޅަ ކޮންމެ އަމަލެއްވެސް ގިޔާމަތް ދުވަހުގައި ބައްލަވާ އެކަމަށް ޖަޒާ ދެއްވާނޭކަން މާތް ﷲ އަންގަވާފައިވާ ކަމަށެވެ.
ކޮމެންޓު ފޮނުވާ