"ބްރިޓިޝް ލޯޔަލްޓީ" ޝިޕްރެކަށް 75 އަހަރު ފުރުން ފާހަގަކުރުމުގެ ހަރަކާތް ފަށުން - ފޮޓޯ: މުޙައްމަދު ޔަސްރިފް / ޓްވިޓަރ

އައްޑޫ ސިޓީގައި ރައްޔިތު މީހާގެ ޖީބަށް ޕައުންޑު ވަންނާނެ: މައުސޫމް

އައްޑޫ ސިޓީގައި ރައްޔިތު މީހާގެ ޖީބަށް ޕައުންޑު ވަންނާނެ: މައުސޫމް

ސަރުކާރުގެ ފަތުރުވެރިކަމުގެ ސިޔާސަތުގައި އެއް ޝިއާރަކީ ރައްޔިތު މީހާގެ ޖީބަށް ޑޮލަރު ވެއްދުން ނަމަވެސް އައްޑޫ ސިޓީގައި ރައްޔިތު މީހާގެ ޖީބަށް ޕައުންޑް ވަންނާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ މިހެން ވިދާޅުވީ އައްޑޫ ސިޓީގައި މިއަދު ހެނދުނު ބޭއްވި "ބްރިޓިޝް ލޯޔަލްޓީ" ޝިޕްރެކަށް 75 އަހަރު ފުރުން ފާހަގަކުރުމުގެ ބާއްވާ ހަރަކާތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ހަރަކާތަކީ އައްޑޫގެ ޓޫރިޒަމް ކުރިއެރުވުމުގެ ގޮތުން އިނގިރޭސިންގެ ދިރިއުޅުމުގެ ނިޝާންތައް އައްޑޫގައި އޮތް ކަން އެ ގައުމަށާއި އެ ގައުމުގެ ފަންނުވެރިންނަށާއި ޑައިވަރުންނަށާއި ފަތުރުވެރިންނަށް އިޝްތިހާރު ކުރުމުގެ ގޮތުން ބާއްވާ ހަރަކާތެކެވެ.

މިނިސްޓަރ މައުސޫމް ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސިޔާސަތަކީ ރައްޔިތުންގެ ސިނާއަތަކަށް ފަތުރުވެރިކަމުގެ ސިނާއަތް ހެދުން ކަމަށެވެ. އަދި ފަތުރުވެރިކަމާ އެއްވަރަކަށް މަސްވެރިކަމާއި ދަނޑުވެރިކަން ފުޅާކުރުމަށް ސަރުކާރުން ދެއްވާ އަހަމިއްޔަތުވެސް މިނިސްޓަރ ފާހަގަ ކުރެއްވި އެވެ. މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ މި 3 ސިނާޢަތަކީވެސް ގުޅި ލާމެހިފައިވާ 3 ސިނާޢަތްކަމަށެވެ.

" އަޅުގަނޑުމެން އާންމުކޮށް ވާހަކަ ދައްކާއިރު ކިޔަނީ ރައްޔިތުންގެ ޖީބަށް ޑޮލަރު ވަންނަ ވާހަކަ އެހެންނަމަވެސް އައްޑޫސިޓީގައި އަޅުގަނޑު ދަންނަވާނީ ރައްޔިތުންގެ ޖީބަށް ޕައުންޑް ވަންނާނޭ"

– މައުސޫމް

މިނިސްޓަރ މައުސޫމްގެ ވާހަކަފުޅުގައި ވަނީ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގެ މައި ހަރަކާތްތައް މި އަހަރު ބާއްވާނީ އައްޑޫ ސިޓީގައި ކަމަށް ވިދާޅުވެފައެވެ. ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރަކު ސެޕްޓެމްބަރު 27 ވަނަ ދުވަހެވެ. މިނިސްޓަރު މައުސޫމް ވިދާޅުވީ އައްޑޫ ރައްޔިތުންގެ ފަރާތުން އައްޑޫގެ މޭޔަރު ސޯދިގް ދެއްވި ދައުވަތު ބަލައިގަންނަ ކަމަށެވެ. އަދި މި އަހަރު ފާހަގަކުރާނެ ފަތުރުވެރި ކަމުގެ ދުވަހުގެ ހަރަކާތްތަކުގެ މައި ހަރަކާތްތައް އޮންނާނީ އައްޑޫގައި ކަމަށް މިނިސްޓަރު އިއުލާން ކުރެއްވިއެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

Leave a Reply

Your email address will not be published. Required fields are marked *