ޓީއެމްއޭގެ ޕައިލެޓުން ހަޅުތާލު ކުރަން ނިންމުމުން، ކުންފުނީގެ ނިންމުން ބަދަލުކޮށް މުސާރަ ޑޮލަރުން ދޭން ނިންމައިފި

ޓީއެމްއޭގެ ޕައިލެޓުން ހަޅުތާލު ކުރަން ނިންމުމުން، ކުންފުނީގެ ނިންމުން ބަދަލުކޮށް މުސާރަ ޑޮލަރުން ދޭން ނިންމައިފި

Author
ހުސައިން
20 ޖުލައި 2025 04:56
0

ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)ގެ ޕައިލެޓުންގެ މުސާރައިގެ ބައެއް ރުފިޔާއިން ދިނުމަށް ނިންމި ނިންމުން، މުވައްޒަފުންގެ އިހުތިޖާޖުތަކާ ގުޅިގެން ކުންފުނިން ބަދަލުކޮށްފިއެވެ.

ކުންފުނިން ކުރިން ނިންމާފައިވަނީ ޕައިލެޓުންގެ މުސާރައިގެ 20 ޕަސެންޓް ރުފިޔާއިން ދިނުމަށެވެ. މި ނިންމުމާ ދެކޮޅަށް ޕައިލެޓުންނާއި އެހެން މުވައްޒަފުން އެއްވެ، އަންނަ ހޮނިހިރު ދުވަހު މުޒާހަރާއެއް ބޭއްވުމަށް ތައްޔާރުވަމުން ދިޔައެވެ.

މިހާތަނަށް ޓީއެމްއޭގެ ޕައިލެޓުންނަށް މުސާރަ ދީފައިވަނީ ޑޮލަރުންނެވެ. މި މަހުން ފެށިގެން މުސާރައިގެ ބައެއް ރުފިޔާއިން ދިނުމަށް ކުންފުނިން ނިންމުމުން، މުވައްޒަފުންގެ ތެރެއިން ނުރުހުން ފާޅުކޮށް، ހަޅުތާލު ކުރުމަށް ތައްޔާރުވިއެވެ.

ނަމަވެސް މުވައްޒަފުންގެ ފަރާތުން ކުރިމަތިވި ޕްރެޝަރުގެ ނަތީޖާއެއްގެ ގޮތުން، ޓީއެމްއޭއިން މިހާރު ވަނީ މުޅި މުސާރަ ޑޮލަރުން ދޭ ގޮތަށް އަލުން ބަދަލުކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.