ރައްޔިތުންނާ ވަޒީރުން ބައްދަލުކުރާ "އަހާ ފޯރަމް" ގެ 6 ވަނަ ބައްދަލުވުން ހޯމަ ދުވަހުގެ ރޭ ބާއްވަނީ

ރައްޔިތުންނާ ވަޒީރުން ބައްދަލުކުރާ "އަހާ ފޯރަމް" ގެ 6 ވަނަ ބައްދަލުވުން ހޯމަ ދުވަހުގެ ރޭ ބާއްވަނީ

Author
ހުސައިން
12 ޖުލައި 2025 08:36
0

ސަރުކާރުގެ މިނިސްޓްރީތަކުން ކުރަމުންދާ މަސައްކަތްތަކާ ބެހޭގޮތުން ރައްޔިތުންނަށް މަޢުލޫމާތު ދިނުމަށް ޚާއްޞަކޮށްގެން ބާއްވާ "އަހާ ފޯރަމް" ގެ ހަވަނަ ބައްދަލުވުން އަންނަ ހަފްތާގެ ހޯމަ ދުވަހުގެ ރޭ ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ސަރުކާރުން އިޢުލާންކޮށްފިއެވެ.

ދެ ގަޑިއިރަށް ކުރިޔަށްގެންދާ މި ބައްދަލުވުމުގައި ހަތަރު ވަޒީރުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ވަނީ ހާމަކޮށްފައެވެ. މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާނީ ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު، ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓަރ ތާރިޤް އިބްރާހީމް، ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބް އަދި ޔޫތް އެންޑް ސްޕޯޓްސް މިނިސްޓަރ އިބްރާހީމް ވަހީދުއެވެ.

މި ފޯރަމްގައި ބައިވެރިވެ ވަޒީރުންނާ ސީދާ ސުވާލުކުރުމުގެ ފުރުޞަތު އާންމު ރައްޔިތުންނަށް މިހާރު ވަނީ ހުޅުވާލާފައެވެ. ފޯރަމް ބޭއްވޭ ތަނަށް ގޮސްގެން ސުވާލުކުރުމުގެ އިތުރުން، ޕީއެސްއެމް އެއަރ މެދުވެރިކޮށް ވެސް ރައްޔިތުންނަށް ސުވާލުކުރެވޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

މިއީ ސަރުކާރުގެ މަސައްކަތްތަކާ ބެހޭ ގޮތުން ރައްޔިތުންނަށް ސީދާ މަޢުލޫމާތު ދިނުމަށާއި، ރައްޔިތުންގެ ކަންބޮޑުވުންތަކާއި ސުވާލުތަކަށް ޖަވާބުދިނުމަށް ބާއްވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ބޭއްވޭ ހަވަނަ ބައްދަލުވުމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.