ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި އަހަރުގެ ޖުލައި 2 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 1.1 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އޭގެ ތެރެއިން 44.2 ޕަސެންޓަށް ވާ 496،304 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ކ. އަތޮޅުގައެވެ.
ކ. އަތޮޅުގައި މިހާރު 57 ރިސޯޓާއި 302 ގެސްޓްހައުސް އަދި 9 ހޮޓާ ހިންގަމުންދާއިރު، މި އަތޮޅަކީ ރާއްޖޭގައި ފަތުރުވެރިން އެންމެ ގިނައިން ޒިޔާރަތްކުރާ އަތޮޅެވެ. ކ. އަތޮޅަށްފަހު ފަތުރުވެރިން ގިނައިން ޒިޔާރަތްކުރި އަތޮޅުތަކުގެ ތެރޭގައި އދ. އަތޮޅު (98،958 ފަތުރުވެރިން – 8.9%)، ރ. އަތޮޅު (85،602 ފަތުރުވެރިން – 7.6%) އަދި އއ. އަތޮޅު (73،368 ފަތުރުވެރިން – 6.6%) ހިމެނެއެވެ.
ރާއްޖޭގެ އެހެން އަތޮޅުތަކަށް ބަލާއިރު ބ. އަތޮޅަށް 61،491 ފަތުރުވެރިން (5.5%)، ދ. އަތޮޅަށް 55،624 ފަތުރުވެރިން (5.0%)، ނ. އަތޮޅަށް 50،911 ފަތުރުވެރިން (4.5%) އަދި ޅ. އަތޮޅަށް 49،898 ފަތުރުވެރިން (4.4%) ޒިޔާރަތްކޮށްފައިވެއެވެ. ވ. އަތޮޅަށް 37،967 ފަތުރުވެރިން (3.4%)، ގއ. އަތޮޅަށް 15،383 ފަތުރުވެރިން (1.4%)، މ. އަތޮޅަށް 12،887 ފަތުރުވެރިން (1.2%) އަދި ގދ. އަތޮޅަށް 10،342 ފަތުރުވެރިން (0.9%) ޒިޔާރަތްކޮށްފައިވެއެވެ.
އެންމެ ކުޑަކޮށް ފަތުރުވެރިން ޒިޔާރަތްކުރި އަތޮޅުތަކުގެ ތެރޭގައި ސ. އަތޮޅު (10،227 ފަތުރުވެރިން – 0.9%)، ށ. އަތޮޅު (9،196 ފަތުރުވެރިން – 0.8%)، ހއ. އަތޮޅު (8،129 ފަތުރުވެރިން – 0.7%)، ލ. އަތޮޅު (4،153 ފަތުރުވެރިން – 0.4%)، ފުވައްމުލައް ސިޓީ (3،993 ފަތުރުވެރިން – 0.4%)، ފ. އަތޮޅު (3،541 ފަތުރުވެރިން – 0.3%)، ހދ. އަތޮޅު (3،245 ފަތުރުވެރިން – 0.3%) އަދި ތ. އަތޮޅު (2،113 ފަތުރުވެރިން – 0.2%) ހިމެނެއެވެ.
ރާއްޖޭގައި މިހާރު ފަތުރުވެރިކަމުގެ ޚިދުމަތް ދޭ 175 ރިސޯޓާއި 860 ގެސްޓްހައުސް، 159 ސަފާރީ އުޅަނދު އަދި 16 ހޮޓާ ހިންގަމުންދެއެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި ރިސޯޓުތަކުގައި 810،463 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވާއިރު، ގެސްޓްހައުސްތަކުގައި 251،876 ފަތުރުވެރިން، ހޮޓާތަކުގައި 30،990 ފަތުރުވެރިން އަދި ޓޫރިސްޓް އުޅަނދުތަކުގައި 25،023 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވެއެވެ.