ރިބާ ކާ މީހާ ފާފަވެރިވާ ފަދައިން އެކަމުގައި ޝާމިލްވާ އެހެނިހެން މީހުންވެސް ފާފަވެރި ވާނެ ކަމުގައި މިއަދުގެ ހުކުރު ނޚުޠުބާގައި ވިދާޅުވެއްޖެއެވެ.
"ޙަލާލު ގޮތުގައި މާލީ މުއާމަލާތްތައް ކުރުން" މިމައުޟޫއަށް ޚާއްސަކުރެވުނު މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވީ ރިބާ ކާމީހާއާއި، ރިބާ ދޭ މީހާއާއި، އެކަމާގުޅޭ ލިޔުންތައް ލިޔާ މީހާއާއި، އެކަމަށް ހެކިވާ މީހުންވެސް ހިމެނޭގޮތަށް، އެ އެންމެންނަކީވެސް ފާފާގައި ހަމަހަމަ ބައެއްކަމާއި، އެ އެންމެންނަށް ﷲގެ ލައުނަތް ހުރިކަމަށް ނަބިއްޔާ އުއްމަތަށް އިންޒާރު ކުރައްވާފައިވާ ކަމުގައެވެ.
މުސްލިމް އަޚުންނޭވެ! ރިބާއަކީ، މުދަލުގައި ބަރަކާތް ކެނޑި، ދިރިއުޅުން ނުތަނަވަސްވެ، ލިބޭ މިންވަރާމެދު ހިތްހަމަ ނުޖެހި، މުދަލާއި ފައިސާއަށް އިންސާނާގެ ދަހިވެތިކަން މަތިމައްޗަށް އިތުރު ކުރުވާ ނުރައްކާތެރި ވަބާއެކެވެ.
މިއަދުގެ ޚުޠުބާގައި ވިދާޅުވެފައި ވެއެވެ.
ޚުޠުބާގައި އިތުރަށް ވިދާޅުވީ މީގެކުރިން މަޖުބޫރު ޙާލަތެއްގައި ތިބެ، ރިބާ ހިމެނޭ ލޯނުތަކާއި، އިންޝޫރަންސް ނަގާންޖެހުނު ކަމުގައިވިޔަސް މިއަދު މިވަނީ މާތް ﷲގެ ރަޙުމަތާއެކު އިސްލާމީ އުސޫލުން ޚިދުމަތްދޭ ބޭންކުތަކާއި ތަކާފުލް ކުންފުނިތައް މިރާއްޖެއާއި މުޅި ދުނިޔޭގައިވެސް ތައާރަފް ވެފައި ކަމުގައެވެ. އެގޮތުން ރިބާއާއި ޖުވާ ނުހިމެނޭ ގޮތަށް ފައިސާގެ މުއާމަލާތުތައް ހިންގާ ބޭންކުތަކާއި، ތަކާފުލް ކުންފުނިތަކާއި މުއައްސަސާތައް ނުހިންގޭނެކަމަށް ބަޔަކު ދުށް ޒަމާން މިއަދު މާޒީވެގެން ގޮސްފައިވާކަމަށްވެސް މިއަދުގެ ޚުޠުބާގައި ވިދާޅުވިއެވެ.
މިއަދު މުސްލިމް ގައުމުތަކުގެ އިތުރަށް އެހެނިހެން ގައުމުތަކުގައިވެސް އިސްލާމީ ޝަރީއަތް ހުއްދަކުރާ ގޮތަށް ފައިސާ ރައްކާކުރުމާއި، ފައިސާގެ މުއާމަލާތްތައް ހިންގޭނެ ބޭންކުތަކާއި މުވައްސަސާތައް ވަނީ ކާމިޔާބުކަމާއެކު ހިންގާން ފަށާފައެވެ. އޭގެ ތޭރޭގައި ސައުދީ އަރަބިއްޔާާއާއި، ކުވައިތާއި، ޤަތަރާއި، މެލޭޝިއާއާއި، ޕާކިސްތާންއާއި، މިސްރާއި، ޔޫއޭއީއާއި، ބަޙްރެއިންއާއި، ސޫދާންއާއި، އީރާންއާއި، އިންޑޮނޭޝިއާއާއި، އިނގިރޭސިވިލާތާއި، ޔޫރަޕްގެ ކިތައްމެ ގައުމެއް ހިމެނެއެވެ.
މިއަދުގެ ޚުޠުބާގައި ވިދާޅުވެފައިވެއެވެ.
ޚުޠުބާގައި ވިދާޅުވެފައިވަނީ އެހެންކަމުން އިސްލާމީ ޝަރީއަތް ހުއްދަކުރާގޮތަށް މާލީ މުއާމަލާތް ކުރެވެން ނެތްކަމަށް މިއަދު ނިންމޭކަށް ނެތްކަމަށް ޚުޠުބާގައި ވިދާޅުވެފައި ވެއެވެ.
ކޮމެންޓު ފޮނުވާ