ފަސާދައާއި ދެކޮޅަށް ތެދުވާން ޖެހޭ: ޚުޠުބާ

ފަސާދައާއި ދެކޮޅަށް ތެދުވާން ޖެހޭ: ޚުޠުބާ

Author
ހުސައިން
27 ޖޫން 2025 01:10
0

ފިރުޢައުނު ޢަރަގު ކުރެއްވި ޙާދިސާއިން އެނގެނީ މާތްﷲއަށް ކާފިރުވެ، ދުނިޔެ ފަސާދަކުރަން އުޅޭ މީހުންނަށް ގަދަފަދަ އަޒާބުން އަޒާބު ދެއްވައި ނެތިކުރައްވާނޭކަން ކަމުގައި މިއަދުގެ ހުކުުރު ޚުޡުބާގައި ވިދާޅުވެއްޖެއެވެ.

"ޢާޝޫރާ ދުވަހުގެ މާތްކަން" މިމައުޟޫއަށް ޚާއްސަ ކުރެވިގެންދިޔަ މިއަދުގެ ޚުޠުބާގައި ވިދާޅުވީ މާތް ﷲއަށް ކާފިރުވެ ދުނިޔެ ފަސާދަކުރަން އުޅޭ މީހުންނަށް އެ ކަމުގައި ކާމިޔާބު ނުލިބޭނެކަން ކަމަށާއި، ފަސާދައާއި ދެކޮޅަށް ތެދުވާން ޖެހޭނެ ކަމުގައެވެ.

މުސްލިމް އަޚުންނޭވެ! ފިރުޢައުނު ޢަރަގު ކުރެއްވި ޙާދިސާއިން އެނގެނީ، މާތްﷲއަށް ކާފިރުވެ، ދުނިޔެ ފަސާދަކުރަން އުޅޭ މީހުންނަށް، ގަދަފަދަ އަޒާބުން އަޒާބު ދެއްވައި ނެތިކުރައްވާނެކަމެވެ.

މިއަދުގެ ޚުޠުބާގައި ވިދާޅުވެފައި ވެއެވެ.

މިއަދުގެ ޚުޠުބާގައި ވިދާޅުވީ މާތްﷲއަށް އީމާންވާ މީހުންނަށް ދުނިޔޭގައިވެސް ޢިއްޒަތާއި، ޝަރަފާއި، ޤަދަރު ދެއްވާނޭކަން ފިރުޢައުނު ޢަރަގުވީ ހާދިސާއިން އެނގޭ ކަމުގައެވެ.

ޚުޠުބާގައި އިތުރަށް ވިދާޅުވީ މުޙައްރަމް މަހުގެ ދިހަވަނަ ދުވަހަކީ، ނުވަތަ ޢާޝޫރާ ދުވަހަކީ ހެޔޮކަމާއި ޒިކުރުތަކާއި ފިލާވަޅުތަކުން ފުރިގެންވާ ދުވަހެއްކަމަށެވެ. އަދި އެދުވަހަކީ ފިއުޢައުނުގެ ކިބައިން މޫސާގެފާނު ސަލާމަތްކުރައްވައި، ފިރުޢައުނާއި އޭނާގެ ލަޝްކަރު މާތްﷲ ޢަރަގު ކުރެވި ދުވަސްކަން ޚުޠުބާގައި ބަޔާން ކުރައްވާފައި ވެއެވެ.

މާތް ﷲގެ އަޅުތަކުންނޭވެ! ޢާޝޫރާ ދުވަހު ރޯދަ ހިފުން ފިޔަވާ، އެ ދުވަހާއި އެރޭ "ޢާޝޫރާ ދުޢާ"ގެ ނަމުގައި ވަކި ދުޢާއެއް ކުރެއްވުމާއި، އެ ރެއާއި އެ ދުވަހު ވަކި އަޅުކަންތަކެއް ކުރާކަށް ދީނުގައި ޝަރުޢު ކުރައްވާފައެއް ނެތެވެ.

ޚުޠުބާގައި ވިދާޅުވެފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.