ރައްޔިތުންގެ މަޖިލިހުގެ ތިނަދޫ އުތުރު ދާއިރާގެ ކުރީގެ މެމްބަރު ސައްދުالله ހިލްމީ

ތިނަދޫ ކައުންސިލް މައްސަލައިގައި އެމްޑީޕީގެ ނެރުނު ބަޔާން ހަގީގަތާ ޚިލާފު: ސައުދުﷲ ހިލްމީ

ތިނަދޫ ކައުންސިލް މައްސަލައިގައި އެމްޑީޕީގެ ނެރުނު ބަޔާން ހަގީގަތާ ޚިލާފު: ސައުދުﷲ ހިލްމީ

ގުޅުންހުރި

ތިނަދޫ ސިޓީ ކައުންސިލުގެ މޭޔަރާއި ޑެޕިއުޓީ މޭޔަރު ސަސްޕެންޑުކުރި މައްސަލައިގައި އިދިކޮޅު އެމްޑީޕީން ނެރުނު ބަޔާނަކީ ހަގީގަތާ ޚިލާފު ބަޔާނެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ބަޔާނުގައި ތިނަދޫ ސިޓީ ކައުންސިލުގެ މޭޔަރު ސައުދު އަލީ އާއި ޑެޕިއުޓީ މޭޔަރު ނަސްރުﷲ އަލީ ސަސްޕެންޑުކުރީ މެންބަރު ސައުދުﷲ ހިލްމީ ބޭނުންވި ގޮތަށް ކަމަށް ބުނެފައިވާތީ، މިއީ ވަރަށް ޣައިރު ޒިންމާދާރު އަމަލެއްކަމަށް ސައުދުﷲ ވިދާޅުވިއެވެ.

ސައުދުﷲ ވިދާޅުވިގޮތުގައި ތިނަދޫ ސިޓީ ކައުންސިލުން ވަކި ގޮތަކަށް އަމަލުކުރުމަށް އޭނާ އެދިފައެއް ނުވެއެވެ. އަދި ލޯކަލް ގަވަރުމަންޓު އޮތޯރިޓީ (އެލްޖީއޭ) އަށް އެއްވެސް ނުފޫޒެއް ފޯރުވާފައި ނުވާކަމަށް މެންބަރު ވިދާޅުވިއެވެ. މިއީ ސިޔާސީ މަންފާއެއް ހާސިލުކުރުމަށް އެމްޑީޕީން ފަތުރާ ދޮގު ވާހަކަތަކެއްކަމަށް ސައުދުﷲ ވިދާޅުވިއެވެ.

އެމްޑީޕީގެ ނޫސްބަޔާން ނެރުނީ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދަށް ނާންގައި، ބަލަންޖެހޭ ވަރަށް ނުބަލާ ކަމަށް ޕާޓީގެ ޗެއާޕާސަންވެސް ވިދާޅުވެފައިވާކަން ސައުދުﷲ ފާހަގަކުރެއްވިއެވެ.

ތިނަދޫ ސިޓީ ކައުންސިލަށް އެލްޖީއޭއިން ފިޔަވަޅު އެޅި 17 ސަބަބަކީ ތިނަދޫގެ ރައްޔިތުން ލަދުގަންނަންޖެހޭ ކަންތައްތަކެއްކަމަށް ސައުދުﷲ ވިދާޅުވިއެވެ. ކައުންސިލުން ބޭނުންވާ ގޮތަކަށް ގާނޫނާ ގަވައިދާ ޚިލާފަށް ކަންކުރުމުގެ ފުރުސަތު ނުދޭނެކަމަށާއި، މިފަދަ އަމަލުތައް ހުއްޓުވުމަށް ސަރުކާރާއި އެލްޖީއޭއިން ކުރާ މަސައްކަތަށް ޝުކުރު އަދާކުރާކަމަށް މެންބަރު ވިދާޅުވިއެވެ.

ތިނަދޫ އުތުރު ދާއިރާގެ މެންބަރުގެ ހައިސިއްޔަތުން ގާނޫނާއި ގަވައިދުތަކާ އެއްގޮތަށް ތިނަދޫގެ ރައްޔިތުންގެ ލާބަޔާއި މަންފާއަށް ކުރާ ކަންކަމަށް ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ސައުދުﷲ ދެއްވިއެވެ. އަދި ދައުލަތުގެ އިދާރާތަކުން ގާނޫނާ ޚިލާފަށް އަންގާ އެންގުންތަކަށް ގޮންޖަހާ، ތިނަދޫގެ ތަރައްގީއަށް ހުރަސްއަޅާ ކަންކަމަށް އެއްބާރުލެއް ނުދޭނެކަމަށާއި، ރައްޔިތުންގެ ހައްގުގައި ވަކާލާތުކުރުމުގައި ދެމިހުންނާނެކަމަށް މެންބަރު ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ