ކާށިދޫ ކަނޑުގައި ލޭންޑިން ކްރާފްޓެއް ބަންޑުންޖަހާ، ދިވެއްސަކު މަރުވެއްޖެ

ކާށިދޫ ކަނޑުގައި ލޭންޑިން ކްރާފްޓެއް ބަންޑުންޖަހާ، ދިވެއްސަކު މަރުވެއްޖެ

Author
ހުސައިން
25 ޖޫން 2025 01:48
0

މިއަދު ކާށިދޫ ކަނޑަށް ބަންޑުން ޖަހާލި ލޭންޑިން ކްރާފްޓެއްގެ ހާދިސާއެއްގައި ދިވެއްސަކު މަރުވެއްޖެ ކަމަށް ޅ. އަތޮޅު ހޮސްޕިޓަލުން ހާމަކޮށްފިއެވެ.

އެ ހާދިސާގައި ފަސް މީހަކު އަނިޔާވެ ހޮސްޕިޓަލަށް ގެންދިޔަ ކަމަށް އެނގިފައި ވެއެވެ. އެ ފަސް މީހުންނަކީވެސް ދިވެހިން ކަމަށް ވާއިރު، އޭގެ ތެރެއިން ނިޔާވީ އެކަކުކަމަށް އެނގިފައި ވެއެވެ.

ލޭންޑިން ކްރާފްޓްގައި ހިމެނުނު އިތުރު މީހަކު ވެސް ހާދިސާގައި ކަނޑުވި ފަހުން ހޮސްޕިޓަލަށް ގެންދެވިފައިވާ ކަމަށް ހޮސްޕިޓަލުން ބުންޏެވެ. އެ މީހާގެ ހާލަތު އަދި ސާފުވެފައެއް ނުވެއެވެ.

ތަފްސީލް އަންނަނީ..

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.