އީރާންއާއި އިސްރާއީލުން ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެއްޖެކަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާން ކުރައްވައިފިއެވެ. މިކަން އިއުލާން ކުރައްވާފައިވަނީ އެމެރިކާގެ ރައީސް އޭނާގެ އަމިއްލަފުޅު ސޯޝަލް މީޑިއާ ޕްލެޓްފޯމް "ޓްރަސްޓް"ގައި ކުރެއްވި އެކްސް ޕޯސްޓެއްގައެވެ. އެޕޯސްޓް ފަހުންވަނީ އެކްސްގައިވެސް ޕޯސްޓު ކޮށްފައެވެ.
އެމެރިކާގެ ރައީސް ޓްރަމްޕް ވިދާޅުވެފައިވަނީ "12 ދުވަހުގެ ހަނގުރާމަ" ހަނގުރާމަ ހުއްޓާލުމަށް ދެގައުމުންވެސް އެއްބަސްވެފައިވާ ކަމަށެވެ. އެހެންނަމަވެސް ބައެއް މީޑިއަތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި ހަނގުރާމަ ހުއްޓާލުމަށް މެދުވެރިއެއްގެ ދައުރު އަދާކޮށްފައިވަނީ ގަތަރުންނެވެ.
އީރާނުގެ ހާރިޖީ ވަޒީރު އައްބާސް އަރާޤްޗީ ވިދާޅުވީ މިވަގުތު ހަނގުރާމަ ހުއްޓާލުމުގެ އެއްވެސް އެއްބަސްވުމެއް އިސްރާއީލާ އެކު ނެތް ކަމަށެވެ. ނަމަވެސް އިސްރާއީލުން އީރާނަށް ދެމުންދާ ހަމަލާތައް ތެހެރާން ގަޑިން ހެނދުނު 4 ޖަހާއިރު ހުއްޓާލައިފިނަމަ، އީރާނުން ވެސް އަސްކަރީ ރައްދު ހުއްޓާލާނެ ކަމަށް ވިދާޅުވިއެވެ.
"އީރާނުން ތަކުރާރުކޮށް ސާފުކޮށްދީފައިވާ ގޮތުގައި: ހަނގުރާމަ ފެށީ އިސްރާއިލުން، އިރާނުންނެއް ނޫން" އަރާޤްޗީ އެކްސް (X) ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވިއެވެ.
"މިވަގުތު، ހަނގުރާމަ ހުއްޓާލުމަށް ނުވަތަ އަސްކަރީ އޮޕަރޭޝަންތައް ހުއްޓާލުމަށް އެއްވެސް 'އެއްބަސްވުމެއް' ނެތެވެ."
އަރާޤްޗީ އިތުރަށް ވިދާޅުވީ އިސްރާއީލުން އީރާނަށް ދެމުންދާ "ޤާނޫނާ ޚިލާފު ހަމަލާތައް" ތެހެރާން ގަނޑިން ހެނދުނު 4 ޖެހުމުގެ ކުރިން ހުއްޓާލައިފިނަމަ، "އޭގެ ފަހުން އަހަރެމެންގެ ރައްދު ކުރިއަށް ގެންދިއުމުގެ އެއްވެސް ނިޔަތެއް ނެތެވެ."
"އަހަރެމެންގެ އަސްކަރީ އޮޕަރޭޝަންތައް ހުއްޓާލުމާ ބެހޭ އެންމެ ފަހުގެ ނިންމުން ފަހުން ނިންމާނަން،" އޭނާ ވިދާޅުވިއެވެ.
ބެކްގްރައުންޑް މައުލޫމާތު: ވައިޓް ހައުސްގެ ސީނިއަރ އޮފިޝަލަކު ކުރިން ސީއެންއެން އަށް ބުނެފައިވަނީ އިސްރާއީލުން ހަނގުރާމަ ހުއްޓާލުމުގެ ޑީލަކަށް އެއްބަސްވެފައިވަނީ އީރާނުން އެމީހުންގެ ޤައުމުގައި ހަމަލާތައް ހުއްޓާލުމަށް ޝަރުތު ކުރުމަށްފަހު ކަމަށެވެ. އީރާނުން މި ޝަރުޠުތަކަށް އެއްބަސްވި ކަމަށް އެ މަސްދަރު ބުނެފައިވެއެވެ.
ކޮމެންޓު ފޮނުވާ