އިސްރާއީލުން އިރާންގެ އަސްކަރީ އަދި ނިއުކުލިއަރ ސައިޓްތަކަށް ވަރުގަދަ ހަމަލާތަކެއް ދީފި

އިސްރާއީލުން އިރާންގެ އަސްކަރީ އަދި ނިއުކުލިއަރ ސައިޓްތަކަށް ވަރުގަދަ ހަމަލާތަކެއް ދީފި

Author
ހުސައިން
13 ޖޫން 2025 09:13
0

އިސްރާއީލުން އިރާންގެ އަސްކަރީ އަދި ނިއުކުލިއަރ ސައިޓްތަކަށް ވަރުގަދަ ހަމަލާތަކެއް ދީފިއެވެ. އިސްރާއީލުގެ ސިފައިން ބުނެފައިވަނީ އީރާނުގެ ސިފައިންގެ ތަންތަނާއި ނިއުކްލިއަރ މަރުކަޒުތަކަށް ވަރުގަދަ އަސްކަރީ ހަމަލާތަކެއް ދީފައިވާ ކަމަށެވެ. މިއީ ތެހެރާނާ ދެކޮޅަށް އެގައުމުން ދިން ވަރުގަދަ އަސްކަރީ ހަމަލާއެކެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ ވިދާޅުވެފައިވަނީ އެގައުމުގެ އަސްކަރިއްޔާގެ މި އޮޕަރޭޝަން ބޭނުންވާ މުއްދަތަކަށް ކުރިއަށް ގެންދާނެ ކަމަށެވެ.

އީރާނުގެ އޮފިޝަލުންވަނީ ތެހެރާނުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރުގެ ދަތުރުފަތުރު މެދުކަނޑާލައިފައި ވާކަމަށް ވިދާޅުވެފައެވެ. ނޫސް މަޖައްލާތަކުން ރިޕޯޓު ކުރާ ގޮތުގައި އީރާނުގެ ވެރިރަށުގައި އާންމު ރައްޔިތުން ދިރިދިރިއުޅޭ ބައެއް ޢިމާރާތްތަކަށްވެސް ހަމަލާ ދީފައިވެއެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު ވިދާޅުވެފައިވަނީ އެމެރިކާ މި ހަމަލާތަކުގައި "ބައިވެރިވެފައެއް ނުވާ" ކަމަށާއި، އީރާނުން ސަރަޙައްދުގައި ހުރި އެމެރިކާގެ ބޭސްތަކަށް ހަމަލާ ނުދިނުމަށް އިންޒާރު ދޭ ކަމަށެވެ.

އީރާނަށް ދިން މި ހަމަލާތައް އައީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވޮޝިންގޓަން ތެހެރާނާއެކު ޑިޕްލޮމެޓިކް މަސައްކަތް ކުރުމަށް ޢަޒުމް ކަނޑައަޅާފައިވާ ކަމަށް ބުނުމަށްފަހު ކުޑަ ވަގުތުކޮޅެއް ފަހުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.