ވެއްޓުނު އެއަރ އިންޑިއާގެ ފްލައިޓްގައި 242 ޕަސެންޖަރުން ތިބި

ވެއްޓުނު އެއަރ އިންޑިއާގެ ފްލައިޓްގައި 242 ޕަސެންޖަރުން ތިބި

Author
ހުސައިން
12 ޖޫން 2025 03:48
0

ވެއްޓުނު އެއަރ އިންޑިއާގެ ފްލައިޓްގައި 242 ޕަސެންޖަރުން ތިބިކަމަށް ރަސްމީ ފަރާތްތަކުން ރިޕޯޓު ކޮށްފިއެވެ.

މި ފްލައިޓް ވެއްޓިފައިވަނީ އިންޑިއާގެ ހުޅަނގު ސްޓޭޓެއް ކަމުގައި އަހުމަދާބާދު އެއާޕޯޓުން ފުރައިގެން ދިޔަތާ ކުޑައިރުކޮޅެއްގެ ތެރޭގައެވެ.

އެއާ އިންޑިއާއިން ބުރާސްފަތި ދުވަހު ބުނެފައިވަނީ، އިނގިރޭސިވިލާތުގެ ގެޓްވިކް އެއާޕޯޓަށް ދާން ހަމަޖެހިފައިވާ ފްލައިޓް އޭއައި171، ޕެސެންޖަރ ފްލައިޓެއް "އެކްސިޑެންޓް ވެފައިވާ" ކަމަށެވެ.

"މި ވަގުތު، އަޅުގަނޑުމެން ތަފްޞީލުތައް ހޯދަމުން ދާއިރު، އިތުރު އަޕްޑޭޓްތައް ހިއްސާކުރާނަން،" އެއާ އިންޑިއާއިން އެކްސް (ޓްވިޓަރ) ގައި ބުނެފައިވެއެވެ.

ގެޓްވިކް އެއާޕޯޓުން ބުނެފައިވަނީ ފްލައިޓް އޭއައި171 އެތަނުގެ ގަޑިން ހަވީރު 6:25 ގައި (17:25 ޖީއެމްޓީ) އެތައެއަރޕޯޓަށް ޖެއްސުމަށް ޝެޑިއުލް ކުރެވިފައިވާ ކަމުގައެވެ.

މިހާތަނަށް އެނގެންހުރި މައުލޫމާތު ތިރީގައި މިވަނީއެވެ:

  • އުޅަނދުގައި 242 މީހުން ތިބި ކަމަށާއި، އޭގެ ތެރޭގައި 2 ޕައިލެޓުންނާއި 10 ކެބިން ކުރޫ ހިމެނޭ ކަން
  • ޕެސެންޖަރުންގެ ތެރޭގައި 169 އިންޑިއާ ރައްޔިތުން، 53 އިނގިރޭސި ރައްޔިތުން، 1 ކެނޭޑާ ރައްޔިތަކާއި 7 ޕޯޗުގީޒް ރައްޔިތުން ހިމެނޭ ކަން
  • އުޅަނދު – ބޯއިންގ 787-8 ޑްރީމްލައިނަރ – ފުރައިގެން ދިއުމަށްފަހު އެއާ ޓްރެފިކް ކޮންޓްރޯލަށް މޭޑޭ ކޯލެއް ދިން ނަމަވެސް، އޭގެ ފަހުން އެއްވެސް ޖަވާބެއް ނުދިން ކަން
  • ފްލައިޓް ރޭޑާރ އަށް ބަލާއިރު، އުޅަނދު 625 ފޫޓަށް އުދުހިފައި ވަނިކޮށް، ފުރައިގެން ދިޔަތާ ސިކުންތުކޮޅެއްގެ ތެރޭގައި ސިގްނަލް ގެއްލުނު ކަން
  • އުޅަނދު ވެއްޓުނީ އެއާޕޯޓު ކައިރީގައި ހުންނަ މީހުން ދިރިއުޅޭ ސަރަހައްދަކަށް ކަން

"މިވަގުތު ހުރިހާ އެންމެން ވެސް ދުވަމުން ދަނީ ވީހާވެސް ގިނަ ފުރާނަ ސަލާމަތް ކުރުމަށް މަސައްކަތް ކުރަމުން،" ބީބީސީގެ ރޮކްސީ ގަގްޑޭކަރ ހާދިސާ ހިނގި ތަނުން ރިޕޯޓު ކުރަމުން ބުނެފައި ވެއެވެ.

ތަފްސީލު އަންނަނީ..

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.