ޖޭއެސްސީގެ މެމްބަރުކަމަށް އާންމުންގެ ތެރެއިން މީހަކު ހޯދުމަށް މަޖިލީހުން ހުޅުވާލައިފި

ޖޭއެސްސީގެ މެމްބަރުކަމަށް އާންމުންގެ ތެރެއިން މީހަކު ހޯދުމަށް މަޖިލީހުން ހުޅުވާލައިފި

Author
ހުސެއިން
12 ޖޫން 2025 01:26
0

ޖުޑީޝަލް ސާވިސް ކޮމިޝަންގެ މެމްބަރުކަމަށް އާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން އައްޔަންކުރާ މެމްބަރަކު ހޯދުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު އިއުލާން ކޮށްފިއެވެ. މި މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ޖުލައި 3 ވަނަ ދުވަހުގެ ނިޔަލަށެވެ.

މިހާރު މި މަގާމުގައި ހުންނެވި ޑރ. އާމިނަތު އުއްމުކުލްސުމްގެ ދައުރު ހަމަވުމާ ގުޅިގެން އެ މަގާމަށް އައު މެމްބަރަކު އައްޔަންކުރުމަށް ހުޅުވާލާފައިވާ ކަން ރައްޔިތުންގެ މަޖިލީހުން މިއަދު ހާމަކޮށްފައި ވެއެވެ.

ޖޭއެސްސީގެ މެމްބަރުކަމަށް ކުރިމަތިލާ ފަރާތަކީ މުސްލިމް ދިވެހި ރައްޔިތަކަށްވާން ޖެހޭއިރު، އުމުރުން 25 އަހަރު ފުރިފައިވާ މީހަކަށް ވާންޖެހެއެވެ. އަދި ކުށެއްގެ ޙުކުމެއް ތަންފީޒުކުރަމުންދާ މީހަކަށް ނުވުމާއި، ސިޔާސީ މަގާމެއް ފުރަމުންދާ ނުވަތަ ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވާ މީހަކަށް ނުވުމާއި، ބުއްދި ސަލާމަތުން ހުންނަ މީހަކަށްވުން ލާޒިމުވެއެވެ.

މި މަގާމަށް މީހަކު އައްޔަންކުރާނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މެދުގައި ނަގާ ވޯޓަކުން ކަން މަޖިލީހުން ބުނެފައިވެއެވެ. 10 މެމްބަރުންގެ މައްޗަށް އެކުލެވޭ ޖޭއެސްސީގެ ރައީސަކީ ރައްޔިތުންގެ މަޖިލީހުން އައްޔަންކޮށްފައިވާ ހުސައިން ރިޒާ އާދަމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.