ޝައިޚް ފަރީދުގެ ހަނދާނީ މިސްކިތްތެއް ރާއްޖޭގައިވެސް ބިނާކުރަން ނިންމައިފި

ޝައިޚް ފަރީދުގެ ހަނދާނީ މިސްކިތްތެއް ރާއްޖޭގައިވެސް ބިނާކުރަން ނިންމައިފި

Author
ހުސެއިން
11 ޖޫން 2025 10:41
0

އަލްމަރްހޫމް ފަޟީލަތުއްޝައިޚް އިބްރާހީމް ފަރީދުގެ ހަނދާނުގައި ބަންގަލަދޭޝްގެ އިތުރުން ދިވެހިރާއްޖޭގައި ވެސް މިސްކިތެއް ބިނާކުރުމަށް ޚިދުމަތް ޖަމިއްޔާއިން ނިންމައިފިއެވެ.

ޝައިޚް ފަރީދުގެ ހަނދާނުގައި ބަންގްލަދޭޝްގައި މިސްކިތެއް ބިނާކުރުމަށް ހުޅުވާލި ފުރުސަތުގައި ވަރަށް ކުރު ވަގުތުކޮޅެއްތެރޭ ބޭނުންވި 760،000 ރުފިޔާ ހަމަވެފައިވާކަމަށް ޚިދުމަތް ޖަމިއްޔާއިން ހާމަކޮށްފައިވެއެވެ. މިއީ 455 މީހުންގެ ޖާގައިގެ 250 އަކަމީޓަރު ބޮޑުމިނުގެ މިސްކިތެކެވެ.

ޖަމިއްޔާގެ ޕާޓްނަރ އެންޖީއޯތަކާއި ދިވެހިންގެ ގިނަ ބަޔަކު މިކަމުގައި ބައިވެރިވުމަށް އެދެމުން ދިޔުމުން، ޝައިޚް ފަރީދުގެ ހަނދާނީ މިސްކިތެއް ދިވެހިރާއްޖޭގައި ވެސް ބިނާކުރުމަށް ނިންމާފައިވާކަމަށް އެ ޖަމިއްޔާއިން ބުނެފައިވެއެވެ. މިކަމަށް އެހީތެރިވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު މިހާރު ހުޅުވާލެވިފައިވެއެވެ.

ޝައިޚް ފަރީދުގެ ޖަނާޒާ މެލޭޝިއާގައި ބާއްވައި، މިއަދު މެންދުރު ނަމާދަށް ފަހު ވަނީ ވަޅުލާފައެވެ. ދިވެހިރާއްޖޭގެ ހުރިހާ މިސްކިތެއްގައި އަންނަ ހުކުރު ދުވަހު ޝައިޚް ފަރީދުގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރުމަށް ނިންމާފައިވާކަމަށް ވެސް ޚިދުމަތް ޖަމިއްޔާއިން ހާމަކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.