މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހުގެ ރޭ ރިސޯޓްގައި، 19 އަހަރުގެ ދިވެހި އަންހެނަކު ރޭޕްކުރި އިންޑީޔާ މީހަކު ޖެހިގެން އައި ދުވަހު ރާއްޖެއިން ފުރުވާލާފައިވާކަމުގެ ސީރިއަސް ތުހުމަތުތަކެއް އަމާޒު ވެއްޖެއެވެ.
ރިސޯޓުގައި މި އަންހެން ކުއްޖާ ރޭޕްކޮށްފައިވަނީ އެރިސޯޓުގެ އެފްއެންޑްބީ މެނޭޖަރ އަމިތް ނަމަކަށް ކިޔާ އިންޑިޔާ މީހެކެވެ. މިމީހާ ރާއްޖެއިން ފުރުވާލާފައިވަނީ އެ ރިސޯޓްގެ މުވައްޒަފުންނަށްވެސް އޮޅުވާލައި، ސިއްރުންކަމަށް ރިސޯޓުގެ ބައެއް މުވައްޒިފުން ބުނެފައިވެއެވެ.

މިހާދިސާއާއި ގުޅިގެން އިދިކޮޅު ޕީއެންސީގެ ނައިބް ރައީސް އާދަމް ޝަރީގް އުމަރު ކުރެއްވި ޓްވީޓްގައި ވިދާޅުވީ މިފަދަ މައްސަލަތަކަކީ ކަމާއިބެހޭ ފަރާތްތަކަށް ހުށަހަޅަންދެން ބަލަން ތިބްންޖެހޭ ކަހަލަ މައްސަލަ ތަކެއް ނޫންކަމަށެވެ. މިއީ ސީރިއަސް މައްސަލަ ތަކެއް ކަމަށްވުމުން ފުލުހުންނާއި، ކަމާއި ގުޅުންހުރި އިދާރާތަކުން މިމައްސަލަ މިހާރުން މިހާރަށް ބަލައި ތަހުގީގު ކުރުމަށް އާދަމް ޝަރީފް ވަނީ ގޮވާލާފައެވެ.
މިމައްސަލަ އަވަހަށް ތަހުގީގު ކުރައްވައި ހަގީގަތް ހާމަކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހުއަށާއި، ޓުވަރިޒަމް މިނިސްޓަރަށާއި، ޑރ.މައުސޫމް އަށާއި، ފުލުހުންނަށް ގޮވާލަން. މިފަދަ މައްސަލަތަކަކީ ހަގީގަތެއް އޮތަސް، ނެތަސް ސީރިއަސް މައްސަލަތަކެއް، މައްސަލަ ހުށަހަޅަންދެން މަޑު ކުރާކަށް ނުވާނެ.
– އާދަމް ޝަރީފް ވިދާޅުވިއެވެ.
މިމައްސަލާގައި އިދިކޮޅު ޕީޕީއެންސީގެ ނައިބް ރައީސް އިބްރާހިމް ޝުޖާ ފާޑުވިދާވެ ވާހަކަ ދެއްކުން އޭނާގެ ފޮޓޯ އެޑިޓްކޮށް ސޯޝަލް މީޑިޔާގައި ވަނީ ދައުރު ކޮށްފައެވެ. ޝުޖާވަނީ އެފޮޓޯ ޓުވީޓްކޮށް، މިމައްސަލާގައި އަޑު އުފުލަން ފެށުމުން އޭނާގެ ފޮޓޯ އެޑިޓްކޮށް އެކި ގޮތްގޮތަށް އެމްޑީޕީން އެބުރަމުން ދިޔަ ނަމަވެސް މިފަދަ ކަންކަމުގައި އަޑު އުފުލުން ހުއްޓާނުލާނެ ކަމަށް ވިދާޅުވެފައެވެ.
Mee Buni Bahakun MDP Joke Jahaa hedhi Foto eh. pic.twitter.com/IFWhDiQDZ5
— Ibrahim Shujau ? (@shuja3831) January 3, 2021
އޭނާ ވިދާޅުވީ ދިވެހި ކަނބަލުންނަށް ކުރާ ޖިންސީ ފުރައްސާރައާއި، ރޭޕްގެ ކަންކަމުގައި މިސަރުކާރުން އިންސާފު ނުލިބޭނެކަމަށެވެެ. މި ސަރުކާރަކީ އެކަންކަމަށް އިސާފު ހޯދައި ދިނުމަށްވެސް މަސައްކަތް ކުރާނެ ސަރުކާރެއް ނޫންކަމަށެވެ. މިސަރުކާރަކީ ރޭޕްގެ މައްސަލަތަކާއި، އާންމު ރައްޔިތުންނަށް ކުރާ މިފަދަ އަނިޔާތަކަށް ހިއްވަރުދީ ކުށްކުރާ މީހުން ފޮރުވަން މަސައްކަތް ކުރާ ސަރުކާރެއްކަމަށް ޝުޖާ ވިދާޅުވިއެވެ.
Dhivehi Kanbalunge Haqqugai Thedhuve Vakaalaathu Kuraanee @ProgressPartyMV.Rape kuriyas,Furahssaara kuriyas mi MDP ge Verikamugai Libeyne Insaafeh Neiy.Dhivehi Kanbaleh Rape kuri Meehaa Furuvaalaafi Mi sarukaarun.@Roxeyna #Huthuru
— Ibrahim Shujau ? (@shuja3831) January 3, 2021
ރިސޯޓުގައި ދިވެހި އަންހެނަކު ރޭޕް ކުރިކަމަށް ދެކެވޭ ވާހަކާއި މިހާތަނަށް ފުލުހުން އަދި އެއްވެސް އެއްޗެއް ބުނެފައި ނުވެއެވެ.
ކޮމެންޓު ފޮނުވާ