މޫސުމާ ބެހޭ ގައުމީ އިދާރާގެ މެޓް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި އައްޑޫ ސިޓީގައި ވެދާ ރާޑަރު ސިސްޓަމެއް ގާއިމުކުރުމަށް ނިންމައި، އެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމަށް މައުލޫމާތު ދެއްވަމުން އެސިސްޓެންޓް މީޓިއޮރޮލޮޖިސްޓް ހުސައިން ވަހީދު ހާމަކުރެއްވި ގޮތުގައި، މި ރާޑަރު ސިސްޓަމް ވަރަށް އަވަހަށް ބެހެއްޓި ނިމޭނެ. މީގެ އިތުރުން ކުރިމަގުގައި އިތުރު ރާޑަރު ސިސްޓަމްތައް ގާއިމުކޮށް، މުޅި ރާއްޖެ ރާޑަރު ނެޓްވޯކަކުން ގުޅާލެވޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވެސް ވިދާޅުވި.
މިހާރު ހުޅުލޭގައި ގާއިމުކޮށްފައިވާ ރާޑަރު ސިސްޓަމް ބޭނުންކޮށްގެން، ހުޅުލެއިން ފެށިގެން 250 ކިލޯމީޓަރުގެ ސަރަހައްދެއްގެ މޫސުމީ ހާލަތު ވަގުތުން ވަގުތަށް މޮނިޓަރ ކުރެވެމުންދާ ކަން ހުސައިން ވަހީދު ފާހަގަކުރެއްވި.
ޑޮޕްލާ ވެދާ ރާޑަރުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ވާރޭ ވެހެމުންދާ ސަރަހައްދުތަކާއި، ވާރޭގެ ބޯމިން، ވިލާގަނޑުތަކުގެ ދަތުރު މިސްރާބު އަދި ވާރޭގެ ބާރުމިން ފަދަ ތަފްސީލީ މައުލޫމާތު ލިބޭ. މީގެ އިތުރުން ވިލާގަނޑު ވަކި ސަރަހައްދަކަށް ލައްވާލާނެ ވަގުތު ކުރިން އަންދާޒާ ކުރެވޭނެ ކަމަށް ވެސް ވިދާޅުވި.
މި ރާޑަރު ސިސްޓަމްތަކުން އެކި އުސްމިންތަކުގައި ފުންމާ ވައިގެ ހަރަކާތްތެރިކަމުގެ މައުލޫމާތު ވެސް ހޯދޭނެ ކަން ފާހަގަކުރައްވާ، މޫސުން ކުރިއަށް ލަފާކުރުމުގެ ދާއިރާ ފުޅާވުމުގެ އިތުރުން، ވައިގެ ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަމަށް ވެސް މި ސިސްޓަމްތަކުން މުހިންމު މައުލޫމާތު ފޯރުކޮށްދެވޭނެ ކަމަށް ހުސައިން ވަހީދު ވިދާޅުވި.
ކޮމެންޓު ފޮނުވާ