ސުޕްރީމް ކޯޓުގެ ހުސްވި ދެ ގޮނޑިއަށް ސަލީމާއި ހަމީދު އައްޔަންކުރަން، އެމްޑީޕީގެ ތާއީދާއެކު ޖުޑިޝަރީ ކޮމިޓީން ފާސްކޮށްފި

ސުޕްރީމް ކޯޓުގެ ހުސްވި ދެ ގޮނޑިއަށް ސަލީމާއި ހަމީދު އައްޔަންކުރަން، އެމްޑީޕީގެ ތާއީދާއެކު ޖުޑިޝަރީ ކޮމިޓީން ފާސްކޮށްފި

Author
ހުސައިން
04 ޖޫން 2025 01:24
0

ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުންގެ މަގާމަށް ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމާއި އެ ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ހަމީދު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން މިއަދު އިއްތިފާގުން ފާސްކޮށްފިއެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒު މިދިޔަ ހޯމަ ދުވަހު އެ ދެ ބޭފުޅުންގެ ނަން މަޖިލީހަށް ފޮނުއްވުމާ ގުޅިގެން، ޖުޑިޝަރީ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި މި މައްސަލަ ދިރާސާކުރިއެވެ.

ކޮމިޓީގައި ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު ވިދާޅުވީ، ސަލީމްގެ ޝަރުތު ހަމަނުވާ ކަމަށް ބައެއް ފަރާތްތަކުން ބުނި ނަމަވެސް، އެއީ ހަގީގަތެއް ނޫން ކަމަށެވެ. ސަލީމް ހައިކޯޓުގައި 12 އަހަރު ލީގަލް އޮފިސަރެއްގެ ގޮތުގައި މަސައްކަތްކުރެއްވުމަށްފަހު، 2022 ވަނަ އަހަރު އެ ކޯޓުގެ ފަނޑިޔާރު ކަމަށް ވަޑައިގަތް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އަބްދުއްސައްތާރު ވިދާޅުވީ، ގާނޫނީ މަސައްކަތްތައް ކުރާ ގާނޫނީ ވަކީލުންނާއި ފަނޑިޔާރުން ކުރައްވާ މަސައްކަތަކީ އެއް ބާވަތުގެ މަސައްކަތްތަކެއް ކަމަށާއި، އެހެންކަމުން ސަލީމްގެ ޝަރުތު ހަމަނުވާ ކަމަށް ބުނާނެ ޖާގައެއް ނެތް ކަމަށެވެ.

ކޮމިޓީގެ ބައްދަލުވުމުގައި ޕީއެންސީގެ މެންބަރުންގެ އިތުރުން އެމްޑީޕީގެ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލާއި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވެސް ބައިވެރިވެވަޑައިގަތެވެ.

ސުޕްރީމް ކޯޓުގެ ދެ ގޮނޑި ހުސްވީ، ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރު، ރައްޔިތުންގެ މަޖިލީހުން މިދިޔަ މަހުގެ 14 ގައި މަގާމުން ވަކިކުރުމުންނެވެ. އެ ދެ ބޭފުޅުން ވަކިކުރީ، ސަރުކާރުން ގެނައި ގާނޫނުއަސާސީގެ އިސްލާހު އިދިކޮޅުން ސުޕްރީމް ކޯޓަށް ވެއްދުމާ ގުޅިގެންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.