އދ.ގެ 80 ވަނަ އާންމު މަޖިލީހުގެ ނައިބް ރައީސްގެ މަގާމަށް ރާއްޖެ އިންތިހާބުވެއްޖެ

އދ.ގެ 80 ވަނަ އާންމު މަޖިލީހުގެ ނައިބް ރައީސްގެ މަގާމަށް ރާއްޖެ އިންތިހާބުވެއްޖެ

Author
ހުސައިން
03 ޖޫން 2025 08:10
0

އދގެ 80 ވަނަ އާންމު މަޖިލީހުގެ ނައިބް ރައީސްގެ މަގާމަށް ރާއްޖެ އިންތިހާބުވެއްޖެ އެވެ. މިކަން ހާމަކޮށް ކުރެއްވި އެކްސް ޕީސްޓެއްގައި ރައީސް މުއިއްޒު ވިދާޅުވީ އދ.ގެ 80 ވަނަ އާންމު މަޖިލީހުގައި ކުރިއެރުންތަކެއް ހޯދުމަށް މެންބަރު ގައުމުތަކާ ގުޅިގެން ރާއްޖެއިން މަސައްކަތް ކުރާނެ ކަމަށެވެ.

ރޭ އެކްސް (ކުރިން ޓްވިޓަރ) ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ރާއްޖެއަކީ އދ.ގެ މެންބަރު ގައުމެއްގެ ގޮތުގައި 60 އަހަރު ވެފައިވާ ގައުމެއް ކަމަށާއި، މަލްޓިލެޓަރަލް ސިސްޓަމް ހަރުދަނާ ކުރުމުގައި ކުރިއަށް ވެސް ރާއްޖެއިން ބައިވެރިވަމުން ގެންދާނެ ކަމަށެވެ.

ރާއްޖެއިން ވަނީ މީގެ ކުރިން އދ.ގެ އާންމު މަޖިލީހުގެ ރައީސްކަން ވެސް ކޮށްފަ އެވެ. 76 ވަނަ އާންމު މަޖިލީހުގެ ރައީސްގެ މަގާމު އަދާކުރެއްވީ އޭރުގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދެވެ. މިހާރު ޝާހިދަކީ އިދިކޮޅު މެއިން ޕާޓީ އެމްޑީޕީގެ ރައީސެވެ.

ރައީސް މުއިއްޒުގެ މި ބަޔާން އައީ އދ.ގެ އަހަރީ އާންމު މަޖިލިސް ކުރިއަށްދާ ދުވަސްތަކާ ދިމާކޮށެވެ. ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ބައިވެރިވުން އިތުރުކޮށް، ގައުމުގެ މަސްލަހަތުތައް ކުރިއެރުވުމަށް ސަރުކާރުން ހިންގަމުންދާ މަސައްކަތްތަކުގެ ތެރެއިން އެއް މަސައްކަތެއްގެ ގޮތުގައި މި ފުރުސަތު ބޭނުންކުރާނެ ކަމަށް ބެލެވެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.