އަންނަ ޖޫން މަހުން ފެށިގެން ގޭބިސީތަކުގެ ކަރަންޓު ޓެރިފް ރޭޓް ކުޑަކުރަން ރައީސް ނިންމަވައިފި

އަންނަ ޖޫން މަހުން ފެށިގެން ގޭބިސީތަކުގެ ކަރަންޓު ޓެރިފް ރޭޓް ކުޑަކުރަން ރައީސް ނިންމަވައިފި

Author
ހުސައިން
30 މެއި 2025 10:57
0

ރައްޔިތުންގެ ކަރަންޓު ބިލަށް ލުޔެއް ލިބޭނެ ގޮތަށް އަންނަ ޖޫން މަހުން ފެށިގެން ގޭބިސީ ކަރަންޓު ޓެރިފް ރޭޓް ކުޑަކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ 2025 ވަނަ އަހަރުގެ ޖޫން މަހުގެ 1 ވަނަ ދުވަހުން ފެށިގެން ޑޮމެސްޓިކް ކެޓެގަރީގެ ކަރަންޓުގެ އަގުތަކަށް މުހިންމު ބަދަލުތަކެއް އަންނާނެ ކަމަށެވެ. މި ބަދަލުތައް ދެމެހެއްޓެނިވި ގޮތެއްގައި ތަންފީޒުކުރުމަށް ކަމާބެހޭ އިދާރާތަކަށް އެންގިކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ނިންމެވުމާއެކު ގޭބިސީތަކުގެ ކަރަންޓު ޓެރިފް ރޭޓަށް ގެނެވޭ ބަދަލުތަކުގެ ތަފްސީލު ހާމަކުރެވިފައިވެއެވެ. މި ތަފްސީލުތަކުގައި މިހާރު ޢަމަލުކުރާ އަގުތަކާއި އަލަށް ތަޢާރަފުކުރެވޭ އަގުތައް ހިމެނިފައިވެއެވެ.

ކަރަންޓުގެ އަގު ކުޑަކުރުމުގެ މި ނިންމުމަކީ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. ޚާއްޞަކޮށް ކަރަންޓު ބިލުގެ ބޮޑުކަމުން ރައްޔިތުންނަށް ކުރިމަތިވާ މާލީ ދަތިކަމަށް މި ބަދަލުތަކުން ލުޔެއް ލިބޭނެ ކަމަށް ބެލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.