ށ. މިލަންދޫގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ޝައްކުކުރެވޭ ތިން މީހަކު ފުލުހުން ހައްޔަރުކޮށްފަ

ށ. މިލަންދޫގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ޝައްކުކުރެވޭ ތިން މީހަކު ފުލުހުން ހައްޔަރުކޮށްފަ

Author
ހުސައިން
29 މެއި 2025 06:16
0

ށ. މިލަންދޫގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ޝައްކުކުރެވޭ ތިން މީހަކު ފުލުހުން ހައްޔަރުކޮށްފައިވެއެވެ.

މި މަހުގެ 27 ވަނަ ދުވަހު މިލަންދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ގެއެއް ބަލައި ފާސްކުރުމުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ. އެގޮތުން ރަބަރު ޕެކެޓެއްގައި ހުރި އެއްޗަކާއި ތިން ކަރުދާސްކޮޅެއް ފެނިފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދެއްވައެވެ.

ހައްޔަރުކޮށްފައިވާ ތިން މީހުންނަކީ މިލަންދޫ، ވެނީލާހައުސް، އަޙްމަދު ޢާލިމް، 32 އަހަރު، އާއި މިލަންދޫ، އިރުމަތީގެ، މުޙައްމަދު ސާމިރު، 37 އަހަރު، އަދި މިލަންދޫ، ތަބުރުމާގެ، މުޙައްމަދު ނަޖާހު، 29 އަހަރު، އެވެ.

މި ތިން މީހުން ކޯޓަށް ހާޒިރުކުރުމުން، އެ މީހުން 12 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ.

މިލަންދޫ ޕޮލިސް ސްޓޭޝަނުން މި މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދާ ކަމަށް ފުލުހުން ހާމަކުރެއެވެ. މަސްތުވާތަކެތި ގެންގުޅުމާއި، ބޭނުންކުރުމާއި، ވިޔަފާރިކުރުމުގެ ތުހުމަތުގައި މި ތިން މީހުންނާ ދެކޮޅަށް ތަހުގީގު ހިންގަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.