ރ. ފުއްގިރީގެ ކޮރަޕްޝަން މައްސަލާގައި ހެކިބަސް ނެގުން ނިންމާލައިފި

ރ. ފުއްގިރީގެ ކޮރަޕްޝަން މައްސަލާގައި ހެކިބަސް ނެގުން ނިންމާލައިފި

Author
ހުސައިން
26 މެއި 2025 08:12
0

އެމްއެމްޕީއާރްސީ މެދުވެރިކޮށް ރ. ފުއްގިރި ކުއްޔަށް ދިނުމާ ގުޅިގެން ރިޝްވަތުގެ ގޮތުގައި އެއް މިލިޔަން ޑޮލަރު ގަބޫލުކޮށް މަނީލޯންޑާ ކުރި ކަމުގެ ތުހުމަތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ދައުވާގައި ހެކިންގެ ހެކިބަސް ނެގުން މިއަދު ނިންމާލައިފިއެވެ.

ކުރިމިނަލް ކޯޓުގައި މިއަދު ބޭއްވުނު ޝަރީއަތުގެ އަޑުއެހުމުގައި ރައީސް ޔާމީންގެ ދިފާއުގައި ހުށަހެޅި ދެ ހެކިންގެ ހެކިބަސް ނަގާފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ މުލިއާގޭގެ އެކްސްޓާނަލް އެފެއާޒްގެ ކުރީގެ ހެޑް އަބްދުﷲ ރަޝީދާއި، ޔާމީނަށް ރިޝްވަތު ދިން ކަމަށް ދައުލަތުން ކުރިން ތުހުމަތުކޮށް ދައުވާ ކޮށްފައިވާ ކްރިކް ރިޒާއެވެ.

އެހެންނަމަވެސް ރައީސް ޔާމީންގެ ފަރާތުން ހެކިންގެ ގޮތުގައި ހުށަހަޅާފައިވާ ކުރީގެ ޑެޕިއުޓީ މޭޔަރު އަދި ޔޫތު މިނިސްޓަރުގެ އެޑްވައިޒަރު އަހުމަދު ނަރީޝާއި އެފްއެސްއެމްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޝުއާއުﷲ ސައީދު ހެކިބަސް ދިނުމަށް ދެކޮޅު ހަދާފައި ވެއެވެ.

މިއަދު ހެކިބަސް ދިން ކްރިކް ރިޒާއަކީ ފުއްގިރީގެ މައްސަލައިގައި ރިޝްވަތު ދިނުމުގެ ތުހުމަތުގައި ދައުލަތުން ކުރިން ދައުވާ އުފުލި މީހެއް ކަމުގައި ވީނަމަވެސް، ޕްރޮސިކިއުޓާ ޖެނަރަލް އޮފީހުން އޭނާގެ މައްޗަށް އުފުލި ދައުވާ އަނބުރާ ވަނީ ގެންގޮސްފައެވެ.

މި މައްސަލައިގެ ހެކިބަސް ނެގުން ނިމުމާއެކު ދެން ކުރިއަށް ގެންދާނީ ހެއްކާ ގުޅޭ ގޮތުން ވާހަކަ ދެއްކުމާއި ދެ ފަރާތުން ހުލާސާ ބަޔާން އިއްވުމުގެ މަރުހަލާއެވެ. މި މަރުހަލާތައް ނިމުމުން މައްސަލައިގެ ހުކުމް އިއްވާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.