ކުރިއަށް އޮތް ފަސް ދުވަހުގެ ތެރޭގައި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި މޫސުން ގޯސްވާނެ: މެޓް އޮފީސް

ކުރިއަށް އޮތް ފަސް ދުވަހުގެ ތެރޭގައި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި މޫސުން ގޯސްވާނެ: މެޓް އޮފީސް

Author
ހުސެއިން
26 މެއި 2025 08:09
0

ރާއްޖޭގެ ސަރަޙައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވަމުން ދާތީ، ކުރިއަށް އޮތް ފަސް ދުވަހުގެ ތެރޭގައި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ހާމަ ކޮށްފިއެވެ.

މި އިދާރާއިން ބުނެފައިވަނީ، މާދަމާ އިން ފެށިގެން މި މަހުގެ 31 ވަނަ ދުވަހާ ހަމައަށް އުތުރާއި މެދު ރާއްޖެތެރޭގެ ބައެއް އަތޮޅުތަކުގައި ވައި ގަދަވެ، ކަނޑުތައް ބާރުގަދަވެ އުދައަރާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ. މީގެ އިތުރުން، އުތުރާއި މެދު ރާއްޖެތެރޭގެ ބައެއް ރަށްރަށުގައި ބާރުގަދަ ވިއްސާރަ ކުރިމަތިވެ، ގުގުރުމުގެ ފުރުޞަތު ވެސް އޮތް ކަމަށް އެ އިދާރާއިން ފާހަގަކޮށްފައިވެއެވެ.

ވައި ގަދަވެ ކަނޑުތައް ބާރުގަދަ ވާނެ ކަމަށް ބެލެވޭތީ، އެންމެހައި ފަރާތްތަކުން، ޚާއްސަގޮތެއްގައި ކަނޑު ދަތުރުފަތުރު ކުރާ ފަރާތްތަކުން، ދަތުރަށް ފުރުމުގެ ކުރިން މޫސުމާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ސާފުކުރުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަރަށް ބޮޑަށް އިލްތިމާސް ކޮށްފައި ވެއެވެ.

ރާއްޖޭގެ އެންމެހައި ސަރަޙައްދުތަކަށް މިހާރު ވަނީ ހުޅަނގު މޫސުން ފެށިފައެވެ. މި އަހަރުގެ ހުޅަނގު މޫސުން ދެކުނުގެ އަތޮޅުތަކަށް ފެށުނީ މި މަހުގެ 7 ވަނަ ދުވަހުއެވެ. އެއަށްފަހު، މެދު ރާއްޖެތެރޭގެ ރަށްރަށަށް ހުޅަނގު މޫސުން ފެށުނީ މި މަހުގެ 12 ވަނަ ދުވަހުއެވެ. އަދި ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް ހުޅަނގު މޫސުން ފެށުނީ މިދިޔަ ބުދަ ދުވަހު ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.