ވެލިދޫގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރި ދެ މީހުންގެ ބަންދަށް 7 ދުވަސް އިތުރު ކޮށްފި

ވެލިދޫގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރި ދެ މީހުންގެ ބަންދަށް 7 ދުވަސް އިތުރު ކޮށްފި

Author
ހުސައިން
26 މެއި 2025 02:13
0

ނޫނިވެރެމް ވެލިދޫގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރި ދެ މީހުންގެ ބަންދުގެ މުއްދަތު ހަމަވެއްޖެއެވެ.

މި މައްސަލާގައި ހައްޔަރުކުރެވިފައިވަނީ ނ. ވެލިދޫ، ފެނޭބާގެ އިބްރާހީމް ޙަސަން، 31 އަހަރު، އާއި ނ. ވެލިދޫ، ސަނީސައިޑްގެ އަޙްމަދު ފަޟީލް، 39 އަހަރު، އެވެ.

ވެލިދޫ ޕޮލިސް ސްޓޭޝަނުން މި މަހުގެ 23 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި، މަސްތުވާތަކެތި ގެންގުޅޭ ކަމާއި އެ ތަކެތީގެ ވިޔަފާރި ކުރާ ކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން ދެ ގެއެއް ބަލައި ފާސްކޮށްފައިވާ ކަމަށް ހޯމަ ދުވަހު ފުލުހުން ހާމަކުރިއެވެ.

ފުލުހުން ބުނި ގޮތުގައި އެ ދެ ގެ ބަލައި ފާސްކުރުމުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފެނިފައިވެއެވެ. އަދި ހޯދިފައިވާ މި ތަކެތީގެ ވަގުތީ ބަރުދަނަކީ 7.7 ގުރާމު ކަމަށް ފުލުހުން މައުލޫމާތު ދިނެވެ.

މި ދެ މީހުން ކޯޓަށް ހާޒިރުކުރުމުން، އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި ހަތް ދުވަހުގެ މުއްދަތަކަށް ބަންދުގައި ބަހައްޓާން ކޯޓުން އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މި މައްސަލަ މިހާރު ވެލިދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުން ގެންދާ ކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.