މިއަހަރުގެ ފުރަތަމަ 2 ދުވަހު ރާއްޖެއިން 6165 ފަތުރުވެރިންނަށް މަރުހަބާ ކިޔައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތައް ދައްކާގޮތުން އިއްޔެ ރާއްޖެއައި އަހަރުގެ ފުރަތަމަ ދުވަހު ރާއްޖެއައީ 2005 ފަތުރުވެރިންނެވެ. އަދި އިއްޔެ 4160 ފަތުރުވެރިން ރާއްޖެއަށް އައިސްފައި ވާކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ. އެހެންކަމުން ރާއްޖޭގެ ބޯޑަރު މިދިޔަ ޖުލައިމަހު 15 ވަނަ ދުވަހު ހުޅުވާލިފަހުން ރާއްޖެއައި ފަތުރުވެރިންގެ އަދަދު ވަނީ 178531 އަށް އަރާފައެވެ.
މިއަހަރުގެ ފުރަތަމަ 2 ދުވަހު ރާއްޖެއަށް އެންމެ ގިނައިން އައީ ރަޝިއާގެ ފަތުރުވެރިންނެވެ. ރަޝިއާގެ 2276 ފަތުރުވެރިން ފުރަތަމަ 2 ދުވަހު ރާއްޖެއަށް ވަނީ އައިސްފައެވެ. ދެވަނައަށް އެންމެ ގިނަމީހުން މިއަހަރު ރާއްޖެއައީ ޔޫކްރައިން އިން ނެވެ. އެގައުމުން 501 ފަތުރުވެރިން ވަނީ މިއަހަރު މިހާތަނަށް ރާއްޖެއަށް އައިސްފައެވެ. ތިންވަނާގައި އޮތް އިންޑިއާއިން އައީ 484 ފަތުރުވެރިންނެވެ.
ނިމިދިޔަ 2020 ވަނަ އަހަރު ޖުމްލަ 555399 ފަތުރުވެރިން ރާއްޖެއަށް ވަނީ އައިސްފައެވެ. އަދި ރާއްޖޭގެ ބޯޑަރު ހުޅުވާލިފަހުން އެންމެ ގިނަ ފަތުރުވެރިން ރާއްޖެއި މިދިޔަ ޑިސެމްބަރުމަހު 96225 ފަތުރުވެރިން ވަނީ އައިސްފައެވެ.
ކޯވިޑުގެ ފެތުރެން ނުފަށާއިރު ރާއްޖެއަށް ފަތުރުވެރިން އަންނަ ގައުމުތަކާއި މިހާރު އަންނަ ގައުމުތައް ވެސް ވަރަށް ތަފާތެވެ. އެގޮތުން ރާއްޖެއަށް ކުރިން އެހާ އަންމުނޫން ޔޫރަޕްގެ ބައެއް މާކެޓް ތަކާއި މެދުއިރުމަތީގެ މާކެޓްތަކުގެ އިތުރުން އުތުރާއި ދެކުނު އެމެރިކާއާއި އެފްރިކާގެ ސަރަހައްދުންވެސް މިހާރު ރާއްޖެއަށް ފަތުރުވެރިން އަންނަ މިންވަރު ވަނީ އިތުރުވެފައެވެ. ނަތީޖާއެއްގެ ގޮތުން މީގެކުރިން ރާއްޖެއަށް ދަތުރުނުކުރާ ބައެއް އެއަރލައިންތަކުން ރާއްޖެއަށް ދަތުރު ފަށާފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.
ނިމިދިޔަ ޑިސެމްބަރު މަހުގެ ނިޔަލަށް ރާއްޖެއަށް ޖުމްލަ 26 އެއަރލައިންނުން ވަނީ ދަތުރުތައް ފަށާފައެވެ.