މިރޭ ހުޅުމާލޭގައި ހަވާ އަރުވަނީ

މިރޭ ހުޅުމާލޭގައި ހަވާ އަރުވަނީ

Author
ހުސައިން
24 މެއި 2025 02:29
0

މިރޭ ހުޅުމާލޭގެ ފަރުކޮޅުފުށީ ސަރަހައްދުގައި ހަވާ އަރުވާނެ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ހާމަކޮށްފިއެވެ.

އެމްއެންޑީއެފް އިން މިއަދު ބުނީ، މިރޭ 21:45 ގައި ތިން މިނެޓަށް ހަވާ އަރުވާނެއެވެ. މިއީ އަމިއްލަ ފަރާތެއްގެ ވިޔަފާރީގެ ހަރަކާތަކާ ގުޅިގެން ކުރާ ކަމެއް ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.

ފާއިތުވި ރޭވެސް ހުޅުމާލޭގައި ހަވާ އަރުވާފައިވާ ކަން ފާހަގަކުރެވެއެވެ. އެއީ "ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު" ހުޅުވުމުގެ ރަސްމިއްޔާތާ ގުޅިގެން ކުރި ކަމެކެވެ.

ހުޅުމާލޭގައި ހަވާ އަރުވުމަކީ ތަފާތު މުނާސަބަތުތަކާ ގުޅިގެން ކުރާ ކަމެއް ކަމަށާއި، މިފަދަ ހަރަކާތްތައް ކުރިން އެންގުމަކީ ރައްޔިތުންނަށް ތައްޔާރުވުމަށް ލިބޭ ފުރުޞަތެއް ކަމަށް ބެލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.