ފުލުހުންގެ ވަޒީފާގައި20 އަހަރު ދުވަހު ޚިދުމަތް ކުރެއްވުމަށްފަހު ރިޓަޔާ ކުރެއްވި ޑރ.އަބްދުﷲ ފައިރޫޝްގެ މަޤާމުން ރިޓަޔާ ކުރައްވަން އަދި މާ އަވަސްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
ފައިރޫޝް ފުލުހުންގެ ވަޒީފާއިން ވަކިވުމުގެ ކުރިން ފުލުހުންގެ އިދާރާގައި ކުރިއަށް ދިޔަ ހަރަކާތްތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާވެސް ވަނީ މީގެ ތެރެއިން ހަރަކާތެއްގައި ބައިވެރިވެފައެވެ. "އަވަސް" އޮންލައިންގައި ބުނެފައިވަނީ ރައީސް ޞާލިހު ފުލުހުންގެ އިދާރާއަށް ވަޑައިގެން ފައިރޫޝްއާއި ވާހަކަ ދެއްކެވި ކަމަށެވެ. އެ ބައްދަލު ކުރެއްވުމުގައި ފައިރޫޝްގެ ހިދުމަތް ތައުރީފު ކުރައްވާ ރައީސް ޝުކުރު އަދާ ކުރައްވާފައިވާ ކަމަށެވެ.
އެބައްދަލުވުމުގައި ރައީސް ވިދާޅުވި ފައިރޫޝް ރިޓަޔާ ކުރައްވަން އަދިި އަވަސް ކަމަށްވެސް. އޭނާ ހިދުމަތް ގައުމާއި ފުލުހަށް މުހިންމު ކަމަށް ވެސް ރައީސް ވިދާޅުވި.
– އެބައްދަލުވުމުގައި ބައިވެރިވި ސީނިޔާ ފުލުހުންގެ އޮފިސަރަކު ވިދާޅުވެފައިވެއެވެ.
ރައީސް ޞާލިހު ފުލުހުންގެ ޚިދުމަތުގައި އަދިވެސް ފައިރޫޝްގެ ޚިދުމަތަށް އެދިވަޑައިގަންނަވާއިރު، އޭނާ މަޤާމުން ރިޓަޔާ ކުރެއްވުމުން އެމްޑީޕީގެ ބައެއް މަޖިލިސް މެމްބަރުންނާއި، ޚުދު ރައީސް ނަޝީދު ގެންދަނަވަނީ ފައިރޫޝްއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. އޭނާއަކީ ބާޣާވާތުގައި ބެރިވެރިވި މީހެއް ކަމަށާއި، އޭނާގެ މައްސަލަތައް ބެލެންޖެހޭކަމަށް މަޖިލީހުގައި ހިމެނޭ އެމްޑީޕީގެ ބައެއް މެމްބަރުން ދަނީ ވިދާޅުވަމުންނެވެ.

ފައިރޫޝްއަކީ ރައީސް ނަޝީދުގެ ވެރިކަމުގައި، އެމަނިކުފާނު އަމިއްލަފުޅަށް އިސްތިއުފާ ދެއްވުމުގެ ކުރިން ހިނގައިދިޔް ކަންތައްތަކުގައި ފުލުހުންގެ ތެރެއިން ވަރަށް އިސްކޮށް އެދުވަހު ހަރަކާތްތެރިވި ބޭފުޅެކެވެ. ވެރިކަން ބަދަލުވުމަށްފަހު ރައީސް ނަޝީދުދަނީ ކެންޑިޑޭޅި ފުލުުހުންގެ މުއައްސަސާއަށާއި، ރައީސް ނަޝީދުގެ ވެރިކަން ބަދަލުވި ދުވަހު އިސްސަފުގައި ހަރަކާތްތެރިވި ބޭފުޅުންނަށް ނުސީދާކޮށް ބަހުގެ ހަމަލާތައް ދެއްވަމުންނެވެ.
ފައިރޫޝްވަނީ 2017 ވަނަ އަހަރު ސޯޝަލް މީޑިއާގައި ސަރުކާރާއި ފުލުހުންނާ ބެހޭ ގޮތުން ނުރަނގަޅު ތަސައްވަރެއް އުފެދޭ ވާހަކަ ދައްކާ ކަމަށް ބުނެ ވޒީފާއިން ވަކިކޮށްފައެވެ. ނަމަވެސް 2018 ވަނަ ވަނަ އަހަރު ސިވިލްކޯޓުންވަނީ ފައިރޫޝް މަޤާމުން ވަކިކޮށްފައިވަނީ ޤާނޫނާއި ޚިލަފަށްކަމަށް ކަނޑައަޅައި އަލުން ވަޒީފާދޭން ހުކުމްކޮށްފައެވެ.
ފުލުހުންގެ ޚިދުމަތުން ޑރ. ފައިރޫޒް ރިޓަޔަރކުރެއްވިއިރު އޭނާ ހުންނެވީ ފުލުހުންގެ ހެޑް އޮފް ރިސޯސް މެނޭޖްމެންޓްގެ މަގާމުގައެވެ. މިއީ ފުލުހުންގެ ފައިނޭންސާއި އިންސާނީ ވަސީލަތްތަކާއި އިންޖިނިއަރިން އަދި މެކޭނިކަލް ސާވިސް ހިމެނޭ ޑިޕާޓްމެންޓެވެ. ފައިރޫޝްއަކީ އޮސްޓްރޭލިއާގެ މެކުއަރީ ޔުނިވާސިޓީން ލޯ އެންފޯސްމަންޓް އިންޓެލިޖެންސްއިން ޕީއެޗްޑީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. ފުލުހުންގެ ޚިދުމާއި 1998 ވަނަ އަހަރުގެ އޮކްޓޫބަރުމަހުގެ 12 ވަނަ ދުވަހު ގުޅިވަޑައިގަތް ފައިރޫޝް ވަނީ 20 އަހަރާއި 1 މަސްދުވަސް ހޭދަކުރައްވާފައެވެ.
ފުލުުހުންނަށް ދޭ 9 ކުލައަކާއި 6 މެޑަލް ފައިރޫޝް ހާސިލްކުރައްވާފައިވާއިރު، އޭނާ ވަނީ ރާއްޖެއާއި ރާއްޖެއިން ބޭރުން ތަފާތު އެކި ތަމްރީންތައް ފުރިހަމަކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ