ދިވެހިރާއްޖޭގެ ގުދުރަތީ ރީތިކަން ދެމެހެއްޓޭނީ ދިރޭތަކެތީގެ ނަސްލުތައް ހިމާޔަތް ކޮށްގެން

ދިވެހިރާއްޖޭގެ ގުދުރަތީ ރީތިކަން ދެމެހެއްޓޭނީ ދިރޭތަކެތީގެ ނަސްލުތައް ހިމާޔަތް ކޮށްގެން

Author
ހުސައިން
22 މެއި 2025 02:16
0

 

ދިވެހިރާއްޖޭގެ ގުދުރަތީ ރީތިކަން ރައްކާތެރިކުރުމަށްޓަކައި ދިރޭތަކެތީގެ ނަސްލުތައް ހިމާޔަތްކުރުމަކީ މުހިންމުކަމެއް ކަމެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ހިއްސާކުރެއްވި މެސެޖެއްގައި ރައީސް ވިދާޅުވީ ދިވެހިރާއްޖެއަށް ލިބިފައިވާ އެންމެ ބޮޑު ނިއުމަތަކީ މި ގައުމުގެ ގުދުރަތީ ރީތިކަން ކަމަށެވެ. މި ރީތިކަން ދަމަހައްޓަން ބޭނުންވާނަމަ ދިރޭތަކެތީގެ ނަސްލުތައް ހިމާޔަތްކޮށް ބެލެހެއްޓުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

މި އަހަރުގެ ބައިއޯޑައިވާސިޓީ ދުވަހުގެ ޝިއާރަކީ "ގުދުރަތީ މާހައުލާއި ދެމެހެއްޓެނިވި ތަރައްގީގެ ގުޅުން" ކަމަށް ކަނޑައަޅާފައި އެވެ.

ރާއްޖެއަކީ ކަނޑުގެ މާހައުލަށް ހާއްސަ ގޮތެއްގައި ބަރޯސާވާ ޤައުމެކެވެ. ރާއްޖޭގެ އިގްތިސަދުގެ މައި ތަނބުކަމަށްވާ ފަތުރުވެރިކަން އެންމެ ބޮޑަށް ބަރޯސާ ވާ އެއް ވަސީލަތަކީވެސް ރާއްޖޭގެ ގުދުރަތީ ރީތިކަމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.