ޖީސީއީ އޯލެވެލް އަޑުއެހުމުގެ ޓެސްޓާ ގުޅިގެން ސްކޫލްތަކުގެ ކައިރީގައި އަޑުގަދަ ނުކުރުމަށް ފުލުހުން އެދިއްޖެ

ޖީސީއީ އޯލެވެލް އަޑުއެހުމުގެ ޓެސްޓާ ގުޅިގެން ސްކޫލްތަކުގެ ކައިރީގައި އަޑުގަދަ ނުކުރުމަށް ފުލުހުން އެދިއްޖެ

Author
ހުސައިން
22 މެއި 2025 07:56
0

މިއަދު ހެނދުނު ކުރިޔަށްދާނެ ޖީސީއީ އޯލެވެލް އިމްތިހާނުގެ އިނގިރޭސި މާއްދާގެ ލިސަނިން ޓެސްޓާ ގުޅިގެން، ސްކޫލް ތަކުގެ ކައިރީގައި އަޑުގަދަ ނުކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން އެދިއްޖެއެވެ.

އަޑުއެހުމުގެ މި ޓެސްޓް ކުރިޔަށް ދާނީ މިއަދު ހެނދުނު 9:15 އިން 10:45 އަށެވެ.

ފުލުހުން ބުނެފައިވަނީ، ލިސަނިންގ ޓެސްޓް ކުރިޔަށްގެންދިއުމުގެ ވަގުތު، މިއީ  އަޑުއެހުމުގެ ޤާބިލީއްޔަތު ކަނޑައަޅާ ޓެސްޓެއް ކަމަށްވާތީ، ސްކޫލްތަކުގެ ކައިރީގައި  ބަރުގޮނު ބޭނުން ނުކުރުމަށް އެދޭ ކަމުގައެވެ.

މިއަހަރުގެ އޯލެވެލް އިމްތިހާނުގެ ތަފާސީލު

މިއަހަރުގެ ކެމްބްރިޖް އޯލެވެލް އާއި އެސްއެސްސީ އިމްތިހާނު ފެށުނީ އޭޕްރިލް މަހުގެ 20 ވަނަ ދުވަހުއެވެ.

އިމްތިހާނަށް ހާޒިރުވަނީ ޖުމްލަ 8,362 ދަރިވަރުންނެވެ. އޭގެތެރޭގައި 7,666 ދަރިވަރުން ކެމްބްރިޖް އޯލެވެލް އިމްތިހާނަށް ހާޒިރުވާއިރު، 7,519 ދަރިވަރުން އެސްއެސްސީގެ ދިވެހި ބަސް އަދި އިސްލާމް ދީނުގެ މާއްދާތަކަށް ހާޒިރުވާނެއެވެ.

މި އަހަރުގެ އޯލެވެލް އިމްތިހާނު ރާއްޖޭތެރޭގެ 260 އިމްތިހާން ސެންޓަރެއްގައި ބާއްވާނެއެވެ.

ލިސަނިންގ ޓެސްޓް ހިމެނޭގޮތުން އޯލެވެލް އިމްތިހާނު އަންނަމަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށް ދާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.