ބީއެމްއެލް މޯލްޑިވްސް އެކްސްޕޯ 2025ގެ މައި ސްޕޮންސަރަކަށް

ބީއެމްއެލް މޯލްޑިވްސް އެކްސްޕޯ 2025ގެ މައި ސްޕޮންސަރަކަށް

Author
ހުސައިން
21 މެއި 2025 09:20
0

ހުޅުމާލެ، 21 މެއި 2025 – ރާއްޖޭގެ އިޤްތިޞާދީ ހަރަކާތްތައް ކުރިއެރުވުމަށްޓަކައި މި މަހު ބޭއްވުމަށް ހަމަޖެހިފައިވާ "މޯލްޑިވްސް އެކްސްޕޯ 2025″ ގެ މައި ސްޕޮންސަރަކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހަމަޖެހިއްޖެއެވެ.

މި ސްޕޮންސަޝިޕްއާ ގުޅޭ ޚާއްޞަ ރަސްމިއްޔާތެއް އިއްޔެ ބީއެމްއެލްގެ ޕްރިންސިޕަލް އޮފީހުގައި ބޭއްވުނެވެ. މި ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް، އިޤްތިޞާދީ ތަރައްޤީގެ ސްޓޭޓް މިނިސްޓަރ ޙުސައިން ޒަމީރު އަދި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) ގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޒިޔާއު ބައިވެރިވެވަޑައިގެންނެވިއެވެ.

"މޯލްޑިވްސް އެކްސްޕޯ 2025″ އަކީ ދިވެހިރާއްޖޭގެ ސަގާފަތާއި، އުފެއްދުންތެރިކަމާއި، މުނިފޫހިފިލުވުމުގެ ހަރަކާތްތައް ހިމެނޭގޮތަށް ދިވެހި ވިޔަފާރިތަކުގެ އުފެއްދުންތައް ދައްކުވައިދިނުމަށް ބާއްވާ އެކްސްޕޯއެކެވެ. ބީއެމްއެލްއިން ފާހަގަކުރިގޮތުގައި މި އެކްސްޕޯއަކީ ދިވެހި ވިޔަފާރިތަކަށް އެމީހުންގެ އުފެއްދުންތަކާއި ޚިދުމަތްތައް ޢާންމުންނަށް ތަޢާރަފުކޮށްދިނުމުގެ މުހިންމު ފުރުޞަތެކެވެ.

މި މަހުގެ 21 އިން 31 އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި އެކްސްޕޯއަކީ އެކިއެކި ދާއިރާތަކުގެ ވިޔަފާރިވެރިންނާއި ހުނަރުވެރިން އެއް ފުރާޅެއްގެ ދަށުން އެއްކޮށް، މިހާތަނަށް ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު އެއް ހަރަކާތްކަމަށް ބެލެވެއެވެ.

މި ސްޕޮންސަޝިޕްގެ ދަށުން ބީއެމްއެލްއިން އެކްސްޕޯގެ އިންތިޒާމުތަކަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭނެ ކަމަށް ބެލެވެއެވެ. އަދި މީގެ ސަބަބުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އިތުރު ފުރުޞަތުތަކެއް ހުޅުވިގެންދާނެކަމަށް އުންމީދުކުރެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.