މަތިވެރީގައި ޤުރުއާން ހިތުދަސްކުރާ ކުދިންނަށް މާލީ އިނާޔަތް – ކޮންމެ ޙާފިޒަކަށް 50,000 ރުފިޔާ

މަތިވެރީގައި ޤުރުއާން ހިތުދަސްކުރާ ކުދިންނަށް މާލީ އިނާޔަތް – ކޮންމެ ޙާފިޒަކަށް 50,000 ރުފިޔާ

Author
ހުސައިން
20 މެއި 2025 11:21
0

ކ. މަތިވެރީ ކައުންސިލުން ނިންމައިފިއެވެ، ޤުރުއާން ހިތުދަސްކޮށް ޙާފިޒުކަމުގެ ސަނަދު ލިބޭ ކޮންމެ ދަރިވަރަކަށް 50,000 ރުފިޔާގެ ޚާއްސަ އިނާޔަތެއް ދިނުމަށެވެ. މިއީ ރަށުގައި ޙާފިޒުން އިތުރުކުރުމަށް ކައުންސިލުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

މަތިވެރީ ކައުންސިލްގެ ރައީސް އަޙްމަދު އަސްލަމް ބައެއް މީޑިއާތަކަށް މައުލޫމާތު ދެމުން ވިދާޅުވީ، "ޤުރުއާން ހިތުދަސްކޮށް މިނިސްޓްރީގެ ފަރާތުން ދެވޭ ޙާފިޒުކަމުގެ ސަނަދު ހޯދާ ކުދިންނަށް އަޅުގަނޑުމެން މިދެނީ ޚާއްސަ އެހީތެރިކަމެއް. ރަށުގެ ބަޖެޓުން މި ކަމަށް ޚަރަދުކުރަން ހަމަޖެހިފައިވޭ."

އަސްލަމް އިތުރަށް ވިދާޅުވިގޮތުގައި، މިވަގުތު މި މަރުޙަލާގައި ރަށުން އެންމެ ދަރިވަރެއް އެބަ އުޅުއްވާކަމަށާއި، މި އަހަރުގެ ތެރޭގައި ދެތިން ކުއްޖަކު ޙާފިޒުކަމުގެ ސަނަދު ހާސިލްކުރާނެކަމަށް އުންމީދު ކުރެވެއެވެ.

މި މަޝްރޫޢުއަށް ރަށުގެ ގިނަ ރައްޔިތުން ޝައުޤުވެރިކަން ފާޅުކޮށްފައިވާކަން ފާހަގަކުރެވިފައިވެއެވެ. މިހާތަނަށް މަތިވެރީގައި އެއްވެސް ޙާފިޒަކު ނެތްނަމަވެސް، މި މަޝްރޫޢުގެ ސަބަބުން ރަށުގައި ޙާފިޒުންގެ އަދަދު އިތުރުވާނެކަމަށް ކައުންސިލުން ގަބޫލުކުރައްވައެވެ.

އެހެން ރަށްރަށުން ވެސް މިފަދަ އިސްނެގުންތައް ފެންނަން ފަށައިފިއެވެ. ކ. ހުރާއިން ވަނީ މީގެ ކުރިން ޤުރުއާން ހިތުދަސްކުރާ ކޮންމެ ކުއްޖަކަށް 150,000 ރުފިޔާ ދިނުމަށް ނިންމާފައެވެ.

ޙާފިޒުން އުފެއްދުމަށް މިހާރުގެ ސަރުކާރުން ވެސް ޚާއްސަ އިސްކަމެއް ދެއްވާފައިވާކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.