މައްޗަންގޮޅި އަދި ހުޅުމާލޭގައި ހިންގުނު ޚާއްޞަ އޮޕަރޭޝަނެއްގައި 1 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިއްޖެއެވެ.
ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް އަދި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި 1058.55 ގުރާމުގެ މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެހި އަތުލެވިފައިވާކަމަށް ފުލުހުން މަޢުލޫމާތު ދީފައި ވެއެވެ.
މެއި 17 ވަނަ ދުވަހު ހިންގުނު މި އޮޕަރޭޝަނުގައި މައްޗަންގޮޅީގެ ގެއަކާއި ހުޅުމާލޭގެ އެޕާޓްމަންޓެއް ބަލައި ފާސްކުރެވުނެވެ. އެ ތަންތަނުން މަސްތުވާތަކެތީގެ ވިޔަފާރިން ލިބުނު ކަމަށް ޝައްކުކުރެވޭ 7000 ރުފިޔާއަށްވުރެ ގިނަ ފައިސާވެސް ފެނިފައިވެއެވެ.
ހައްޔަރުކުރެވުނު ދެ ފަރާތަކީ 44 އަހަރުގެ މއ. ދަގަނޑުކެޑިގެ / މާލެ، ޙަސަން ނިމާލު އާއި 38 އަހަރުގެ ހ. ރީފްވިޔު ހުޅަނގުބައި 3 / މާލެ، ޝިފާނާ ޢަބްދުއްސައްތާރު އެވެ.
މި މައްސަލައިގެ ތަޙުޤީޤު މިހާރު ދަނީ ކުރިއަށެވެ. ފުލުހުންގެ ފަރާތުން އިތުރު މަޢުލޫމާތު ލިބުމުން އަންގާނެކަމަށް ބުނެފައިވެއެވެ.
ކޮމެންޓު ފޮނުވާ