މަގުމަތީގައު ބަރަހަނާވި މީހާ ޑްރަގް މައްސަލައެއްގައި ހައްޔަރު ކޮށްފި

މަގުމަތީގައު ބަރަހަނާވި މީހާ ޑްރަގް މައްސަލައެއްގައި ހައްޔަރު ކޮށްފި

Author
ހުސައިން
18 މެއި 2025 09:48
0

ކުރީން ޖިންސީ ކުށެއްގެ ތުޙުމަތުކުރެވިފައިވާ މީހަކު އަނެއްކާވެސް މަސްތުވާތަކެއްޗާ ގުޅުންހުރި މައްސަލައަކާ ގުޅިގެން ހައްޔަރު ކޮށްފިއެވެ.

ވެލިދޫ، މިރިހިމާގެ ޙާމިދު ޢަބްދުﷲ ވަނީ މިފަހަރު މަސްތުވެގެން ހުރިކަމަށް ބެލެވޭ ޙާލަތެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. ކްރިމިނަލް ކޯޓުގެ ގާޟީ މުޙައްމަދު މިޞްބާޙު ވަނީ ޙާމިދުގެ މައްޗަށް 30 ދުވަހުގެ ބަންދު އަމުރެއް ނެރެފައެވެ.

ކޯޓު ރިކޯޑުތަކުން ދައްކާގޮތުގައި ޙާމިދަކީ މީގެ ކުރިން 29 ފަހަރު ބަންދުކޮށްފައިވާ މީހެކެވެ. ފާއިތުވި އަހަރު ހެންވޭރު ބަސް ސްޓޮޕެއް ކައިރީގައި ޖިންސީ ގުނަވަން ހާމަކުރި މައްސަލައިގައިވެސް އޭނާ ހައްޔަރުކޮށް ބަންދުގައި ބޭއްވި ނަމަވެސް، އެ މައްސަލައާ ގުޅިގެން އޭނާގެ މައްޗަށް ދަޢުވާކޮށް އަދަބެއް ދިންކަން އަދި ސާބިތެއް ނުވެއެވެ.

ފުލުހުން މިވަގުތު އިތުރު މަޢުލޫމާތު ހާމަކޮށްފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.