ހައުސިންގ ޕްރޮޖެކްޓާ ގުޅޭގޮތުން ޖާހު އިންވެސްޓްމަންޓުން އެދުނު ވަގުތީ އަމުރަށް ކޯޓުން ނެރެ ނުދިން

ހައުސިންގ ޕްރޮޖެކްޓާ ގުޅޭގޮތުން ޖާހު އިންވެސްޓްމަންޓުން އެދުނު ވަގުތީ އަމުރަށް ކޯޓުން ނެރެ ނުދިން

Author
ހުސައިން
17 މެއި 2025 08:54
0

ހުޅުމާލޭގައި ތަރައްޤީކުރަމުންދާ "ދަ ގާޑަންސް" ފްލެޓް ޕްރޮޖެކްޓާ ގުޅިގެން ޖާހު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ސޮލަރެންސް އިންޝުއަރެންސް ޕްރައިވެޓް ލިމިޓެޑާ ދެކޮޅަށް އެދުނު ވަގުތީ އަމުރު ސިވިލް ކޯޓުން ނެރެ ނުދިނެވެ.

ހުޅުމާލޭގައި މިކްސްޑް ޔޫސްޑް ރެސިޑެންޝަލް ކޮމްޕްލެކްސްއެއް ތަރައްޤީކުރުމަށް ޖާހު އިންވެސްޓްމަންޓާއި އެޗްޑީސީއާ ދެމެދު 2017 ވަނަ އަހަރުގެ ޖަނަވަރީ 15 ވަނަ ދުވަހު އެއްބަސްވުމެއްގައި ސޮއިކުރެވުނެވެ. މި ޕްރޮޖެކްޓުގެ މަސައްކަތް 24 މަސްދުވަހުގެ ތެރޭގައި ނިންމުމަށް ކަނޑައެޅުނު ނަމަވެސް، މުއްދަތު އެކި ފަހަރު މަތިން އިތުރުކުރެވިފައިވެއެވެ.

އެޗްޑީސީން ޖާހުއާއެކު ވެފައިވާ އެއްބަސްވުން 2023 ވަނަ އަހަރުގެ މާރިޗު 16 ވަނަ ދުވަހު ބާޠިލުކުރުމަށް ނިންމައި، އެކަން ޖާހުއަށް އަންގާފައިވެއެވެ. މި ނިންމުމާ ގުޅިގެން ޖާހު އިންވެސްޓްމަންޓުން އެޗްޑީސީއާ ދެކޮޅަށް ސިވިލް ކޯޓުގައި ދަޢުވާ އުފުލައިފައިވެއެވެ.

ދަޢުވާއާ ގުޅިގެން، މައްސަލަ ނިމެންދެން ނުވަތަ ކޯޓުން އެހެން ގޮތަކަށް އަމުރުކުރަންދެން، ޕަރފޯމަންސް ބޮންޑުގެ ދަށުން އެއްވެސް ފައިސާއެއް އެޗްޑީސީއަށް ދޫނުކުރުމަށާއި، ޖާހުގެ ކިބައިން ފައިސާ ހޯދުމަށް އެއްވެސް ފިޔަވަޅެއް ނޭޅުމަށް އެޗްޑީސީ އަދި ސޮލަރެންސް އިންޝުއަރެންސްގެ މައްޗަށް ވަގުތީ އަމުރެއް ނެރެދިނުމަށް ޖާހުއިން އެދުނެވެ.

ނަމަވެސް، ޖާހު އިންވެސްޓްމަންޓުން ހުށަހެޅި ވަގުތީ އަމުރުގެ މައްސަލަ ބެލުމަށްފަހު، ސިވިލް ކޯޓުން ނިންމާފައިވަނީ އެފަދަ އަމުރެއް ނެރެދޭންޖެހޭ ހަމައެއް ނެތް ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.