ފަނޑިޔާރަކަށް ހަމަލާދިން މީހެއްގެ ބަންދަށް ފަސް ދުވަސް ޖަހައިފި

ފަނޑިޔާރަކަށް ހަމަލާދިން މީހެއްގެ ބަންދަށް ފަސް ދުވަސް ޖަހައިފި

Author
ހުސައިން
14 މެއި 2025 12:32
0

ކޯޓެއްގެ ފަނޑިޔާރަކަށް ހަމަލާދީ، މާރާމާރީ ހިންގުމުގެ ތުހުމަތުގައި 49 އަހަރުގެ ދިވެހި ފިރިހެނެއް ފުލުހުން ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގައި ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި މީހާއަކީ މި ބާވަތުގެ ކުށްތަކުގެ ރިކޯޑު އޮތް މީހެކެވެ. އަދި މިއީ އެއް ފަނޑިޔާރަކަށް އޭނާ ހަމަލާދީ މާރާމާރީ ހިންގި ދެވަނަ ފަހަރުކަމަށްވެސް ކޯޓު އަމުރުގައި ވަނީ ފާހަގަކޮށްފައެވެ.

އެހެންނަމަވެސް، މި މާރާމާރީގައި ހަމަލާދިނީ ވަކި ކޮން ފަނޑިޔާރަކަށްކަން ކޯޓު އަމުރުގައި ބަޔާންކޮށްފައެއް ނެތެވެ.

މި މައްސަލަ ބެލުމަށް ކްރިމިނަލް ކޯޓަށް މި މީހާ ހާޒިރުކުރުމަށްފަހު، އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ބޭއްވުނު އަޑުއެހުމުގައި، މި މީހާ ތަޙުޤީޤަށް ފަސް ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ ނިންމާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.