އެޓަރނީ ޖެނަރަލްގެ އޮފީހުން 2020 ވަނަ އަހަރު ލަފަޔަށް އެދުނު ކަންތައްތަކުގެ ތެރެއިން 800 އަށްވުރެ ލަފާ ދެއްވާފައިވާކަމަށް އެ އޮފީހުން ބުނެފިއެވެ.
އެޓަރނީ ޖެނެރަލް އޮފީހުން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު 2020 ވަނަ އަހަރު ދައުލަތުގެ މުއައްސަސާތަކުން 842 ކަމަކާ ގުޅޭ ގޮތުން އެޓަރނީ ޖެނަރަލްގެ އޮފީހުގެ ލަފަޔަށް އެދިވަޑައިގެންފައިވެއެވެ. އެ މުއްދަތުގެ ތެރޭގައި 841 ކަމަކާ ގުޅޭ ގޮތުން އެޓަރނީ ޖެނަރަލްގެ އޮފީހުން ޤާނޫނީ ލަފާދީފައިވާކަމަށް ވެސް ތަފާސް ހިސާބުތަކުން އެނގެއެވެ.
2020ގެ ޖަނަވަރީ މަހުން ފެށިގެން ޑިސެމްބަރުގެ ނިޔަލަށް ދީފައިވާ ލަފާތައް:
– ބިލު ތަޞްދީގު ކުރުމާ ގުޅޭ ގޮތުން ދެވުނު ލަފާ 34
– އެއްބަސްވުންތަކުގައި ސޮއި ކުރުމާ ގުޅޭ ގޮތުން ދެވުނު ލަފާ267
– ގަވާއިދުތަކާ ގުޅޭ ގޮތުން ދެވުނު ލަފާ 102
– އުޞޫލުތަކާ ގުޅޭ ގޮތުން ދެވުނު ލަފާ 40
– މުޢާހަދާތަކާ ގުޅޭ ގޮތުން ދެވުނު ލަފާ 7
– އެހެނިހެން ކަންކަމާ ގުޅޭ ގޮތުން ދެވުނު ލަފާ 391

އެޓާނީ ޖެނެރަލް އޮފީހުން މިއަހަރު ވަނީ މުހިންމު ލަފާތަކެއް ދައުލަތެއް ދެއްވާފައެވެ. އެގޮތުން ސަރުކާރުން ބޭރުގެ އެކި ފަރާތްތަކާއި ހަދާ އެއްބަސްވުންތަކާއި، އެކި މުއައްސަސާތަކުން ހަދާ އެގްރިމަންޓްތަކާއި ގުޅޭ ގޮތުންވެސް ގިނަ ލަފާތަކެއްވަނީ ދެއްވާފައެވެ. ޚާއްސަކޮށް ކޯވިޑް-19 އާއި ގުޅިގެން އެއިދާރާއިން ވަނީ ޤާނޫނީ ގޮތުން ގިނަ ލަފާތަކެއް ދައުލަތަށް ދެއްވާފައެވެ.
މީގެ އިތުރުން މިއަހަރު އެޖީ އޮފީހުން ވަނީ މަޖިލީހުން ފާސްކޮށްފައިވާ މުހިންމު ޤާނޫނުތަކުގައިވެސް ބޮޑު ހިއްސާއެއް އަދާކޮށްފައެވެ.
ކޮމެންޓު ފޮނުވާ