ސްރީލަންކާއިން ރާއްޖެއަށް ހައިވަކަރު ގަސް ހަދިޔާކުރަނީ

ސްރީލަންކާއިން ރާއްޖެއަށް ހައިވަކަރު ގަސް ހަދިޔާކުރަނީ

Author
ހުސައިން
13 މެއި 2025 01:36
0

ތިމާވެށްޓާ ބެހޭ މިނިސްޓްރީން މިއަދު ހާމަކުރެއްވި ގޮތުގައި، ސްރީ ލަންކާ ސަރުކާރުން ދިވެހިރާއްޖެއަށް ހައިވަކަރު ގަސް ހަދިޔާކުރުމަށް ނިންމަވާފައިވެއެވެ. މި ކަން ހާމަކުރައްވާފައިވަނީ އަލަށް ތަރައްޤީކުރަމުންދާ ރޯޒްވުޑް ރަންފަރު ރިސޯޓުގައި 1.4 މިލިއަން ގަސް އިންދުމުގެ ހަރަކާތް ފެށުމަށް ބޭއްވުނު ރަސްމިއްޔާތުގައި ތިމާވެށްޓާ ބެހޭ މިނިސްޓަރު، ތޯރިގް އިބްރާހިމެވެ.

މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވިގޮތުގައި، އަންނަ މަހުގެ 5 ގައި ފާހަގަކުރާ ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި ލަންކާ ސަރުކާރުން ހަދިޔާކުރައްވާ ހައިވަކަރު ގަސްތައް ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށަކަށާއި ރިސޯޓުތަކަށް ބެހުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެ ދުވަހު ދިވެހިރާއްޖޭގެ ހުރިހާ ރަށެއްގައި ގަސް އިންދުމުގެ ޚާއްޞަ ހަރަކާތެއް ބޭއްވުމަށްވެސް ވަނީ ރޭވިފައެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގެ ފަސް އަހަރު ތެރޭގައި ރާއްޖޭގައި 5 މިލިއަން ގަސް އިންދުމަކީ އެމަނިކުފާނުގެ އެއް ވަޢުދެވެ. މި ލަނޑުދަނޑި ހާސިލުކުރުމަށްޓަކައި ރަށު ކައުންސިލްތަކާއި، ސްކޫލްތަކާއި، ސަރުކާރު ކުންފުނިތަކުގެ އިތުރުން އަމިއްލަ ފަރާތްތަކުންވެސް މިނިސްޓްރީއާ އެކު އަހުދު އުފުލައި، ސޮއިކުރަމުން އަންނަކަން ފާހަގަކުރެވެއެވެ.

ހައިވަކަރު ގަހަކީ ދިވެހި ސަގާފަތާއި ދޯޅު ސަގާފަތުގެ މުހިންމު ބައެއްގެ ގޮތުގައި ވުޖޫދުވެފައިވާ ގަހެކެވެ. ދިވެހިންގެ އަތްތެރި މަސައްކަތުގެ އެންމެ ފުރިހަމަ ނިޝާން ފެންނަނީ މި ހައިވަކަރު ގަހުގެ ލަކުޑީގައެވެ. ދިވެހި ތާރީޚުގައި މި ގަހުގެ ދައުރު ވަރަށް ބޮޑެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.