ތިން މިނިސްޓަރެއްގެ ކާރުކޮޅުގައި "އިންޑިއާ އައުޓް" ޖެހި މައްސަލައިގައި ހައްޔަރު ކުރި މީހާ، ބަނގުރަލުގެ މައްސަލައެއްގައި ހައްޔަރުކޮށްފި

ތިން މިނިސްޓަރެއްގެ ކާރުކޮޅުގައި "އިންޑިއާ އައުޓް" ޖެހި މައްސަލައިގައި ހައްޔަރު ކުރި މީހާ، ބަނގުރަލުގެ މައްސަލައެއްގައި ހައްޔަރުކޮށްފި

Author
ހުސައިން
11 މެއި 2025 09:30
0

ކުރީގެ ސަރުކާރުގެ މިނިސްޓަރުންގެ ކާރުކޮޅުގައި "އިންޑިއާ އައުޓް" ލިޔުމުން ޖަހައި ސަމާލުކަން ހޯދި ތ. ގުރައިދޫ، ޗަބޭލީގޭ ހުސެއިން ރިޝްފާޒް (33 އަހަރު) ބަނގުރަލުގެ މައްސަލައެއްގައި ފުލުހުން ހައްޔަރުކޮށްފިއެވެ.

މިހާރު މާލޭގެ މ. ރުތުގައި ދިރިއުޅޭ ހުސެއިން ރިޝްފާޒާ މެދު ކޯޓުން ނިންމާފައިވަނީ ތިން ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށެވެ. ހުސެއިން ރިޝްފާޒްގެ ރެކޯޑްތަކުން ދައްކާގޮތުން، އޭނާއަކީ ކުރިން ވެލާނާގޭ ޕާކިން ސަރަހައްދުގައި ޕާކުކޮށްފައި ހުރި ތިން މިނިސްޓަރެއްގެ ކާރުކޮޅުގައި "އިންޑިއާ އައުޓް" ސްޕްރޭކުރި މީހާއެވެ.

އެ ހާދިސާގައި ސްޕްރޭކުރި ކާރުތަކަކީ އޭރުގެ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީއާއި، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އަދި ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަންގެ ކާރުކޮޅެވެ.

މިމައްސަލާގައި ރިޝްފާޒް ހައްޔަރުކުރުމަށްފަހު އިތުރު ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.