އާސެނަލުން ވިދިވިދިގެން 3 މޮޅު ހޯދައިފި

އާސެނަލުން ވިދިވިދިގެން 3 މޮޅު ހޯދައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލުން ރަށުން ބޭރުގައި 4-0 އިން ވެސްޓް ބްރޮމް ބަލިކޮށްފި އެވެ.

ބޯކޮށް ވެހުނު ސްނޯގެ ތެރޭގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި އާސެނަލުން ވަނީ ދެ ލަނޑުގެ ލީޑެއް ނަގާފަ އެވެ. ފުރަތަމަ ލަނޑު 23 ވަނަ މިނެޓުގައި ޑިފެންޑަރު ކިއެރަން ޓިއާނީ ޖެހިއިރު އޭގެ ފަސް މިނެޓު ފަހުން އެޓީމުގެ ދެ ވަނަ ލަނޑު ކާމިޔާބުކޮށްދިނީ ބުކަޔޯ ސަކާ އެވެ. މިދިޔަ ސީޒަން ފެށިގެން ހުރިހާ މުބާރާތެއްގައި މިހާތަނަށް އާސެނަލަށް ކުޅުނު މެޗުތަކުގައި ސަކާ ވަނީ ހަތް ގޯލު ޖަހައި 15 ގޯލު ޖަހަން މަގުފަހިކޮށްދީފަ އެވެ. ޕްރިމިއާ ލީގުގައި ކުޅޭ ޒުވާން ކުޅުންތެރިންގެ ތެރެއިން ސަކާ އަށް ވުރެ ރެކޯޑް ރަނގަޅު ހަމައެކަނި ކުޅުންތެރިއަކީ 25 ގޯލުގައި ހިއްސާވެފައިވާ މޭސަން ގްރީންވުޑް އެވެ.

މެޗުގެ ދެ ވަނަ ފާހުގައި އާސެނަލްގެ ދެ ލަނޑު ވެސް ކާމިޔާބުކޮށްދިނީ އަލެކްޒަންޑަ ލަކަޒެޓް އެވެ. ލީގުގައި ރޭ ކްރިސްޓަލް ޕެލޭސް އިން އަމިއްލަ ދަނޑުގައި 2-0 އިން ޝެފީލްޑް ޔުނައިޓެޑް ބަލިކުރިއިރު ބްރައިޓަން އާއި ވުލްވްސް ބައްދަލުކުރި މެޗު ނިމުނީ 3-3 އެއްވަރުވެގެންނެވެ.

މި މޮޅާ އެކު އާސެނަލް ވަނީ 17 މެޗުން 23 ޕޮއިންޓް ހަމަކޮށް ލީގުގެ 11 ވަނަ އަށް ޖެހިލާފަ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *