އަޒްމިރަލްދާގެ ވަކީލު: ޖޭއެސްސީން ނިންމީ ހަޤީޤަތް އެއްފަރާތްކޮށް

އަޒްމިރަލްދާގެ ވަކީލު: ޖޭއެސްސީން ނިންމީ ހަޤީޤަތް އެއްފަރާތްކޮށް

Author
ހުސައިން
06 މެއި 2025 08:37
0

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު މަޤާމުން ވަކިކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން (ޖޭއެސްސީ) ރައްޔިތުންގެ މަޖިލީހަށް ފޮނުވި ނިންމުމަކީ ހަޤީޤަތް އެއްފަރާތްކޮށް، ހިޔާލީ ކަންތައްތަކުގެ މައްޗަށް ބިނާކޮށް ނިންމާފައިވާ ނިންމުމެއްކަމަށް އޭނާގެ ވަކީލު އިބްރާހިމް ޝަމީލް މިއަދު ބުނެފިއެވެ.

ޝަމީލް ވިދާޅުވީ ފަނޑިޔާރު އަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފް ހައްޔަރުކުރެވުނުއިރު، އޭނާ ބަންދުން ދޫކޮށްލީ ކްރިމިނަލް ކޯޓުގެ ގާޒީއަކަށް ފަނޑިޔާރު މަހާޒް ގުޅުއްވުމުގެ ކުރިންކަމަށެވެ. "ބަންދުން ދޫވެފައި ހުރި މީހަކު ދެން ބަންދުން ދޫކުރަން އުޅެންވީ ކީއްވެގެންތޯ؟" ޝަމީލް ސުވާލުކުރެއްވިއެވެ.

އަދި ޖޭއެސްސީން ކުރިން ތުހުމަތުކުރީ ފަނޑިޔާރު އަޒްމިރަލްދާ އަމިއްލައަށް ގާޒީއަކަށް ގުޅުއްވިކަމަށް ކަމަށާއި ނަމަވެސް މައްސަލަ ނިންމިއިރު ތުހުމަތު ބަދަލުވެފައިވާކަމަށް ޝަމީލް ފާހަގަކުރެއްވިއެވެ. މި ބަދަލުވި ތުހުމަތާ ގުޅިގެން ފަނޑިޔާރު އަޒްމިރަލްދާއަށް ޖަވާބުދާރީވުމުގެ ފުރުޞަތު ޖޭއެސްސީން ނުދެއްވާކަމަށްވެސް ޝަމީލް ބުނެފައިވެއެވެ.

މަޖިލީހުގެ ޖުޑީޝިއަރީ ކޮމެޓީގައި ފަނޑިޔާރު އަޒްމިރަލްދާއަށް ޖަވާބުދާރީވުމުގެ ފުރުޞަތު ދެއްވާނެކަމަށް ޝަމީލް އުންމީދުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.