އިސްލާމީ މަރުކަޒު ވީރާނާ ވަމުންދާތީ ވައްޑެ ކަންބޮޑުވުން ފާޅުކުރައްވައިފި

އިސްލާމީ މަރުކަޒު ވީރާނާ ވަމުންދާތީ ވައްޑެ ކަންބޮޑުވުން ފާޅުކުރައްވައިފި

Author
މުޙައްމަދު ޝަޒައިމް
03 ޖެނުއަރީ 2021 09:49
0

ރާއްޖޭގައި ހުރި އެންމެ ބޮޑު މިސްމިކް ނުވަތަ އިސްލާމީ ބިނާ "އިސްލާމީ މަރުކަޒު" ވިރާނާވެ ނުބެހެލެހެއްޓޭތީ އެކަމުގެ ކަންބޮޑުވުން ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ އެމްޑީޕީ މެމްބަރު މުޙަންމަދު ވަޙީދު (ވައްޑެ) ފާޅު ކުރައްވައިފިއެވެ.

އިސްލާމީ މަރުކަޒުގެ ބައެއް ފޮޓޯތަކާއިއެކު ވައްޑެ ކުރައްވާފައިވާ ޓްވީޓުގައި ވިދާޅުވީ މި ތަަކީ ރައީސް މައުމޫންގެ ވެރިކަމުގެ ކުރީކޮޅުން ފެށިގެން މިއަދާއި ހަމައަށް ވަރަށް ލޯބިން ބަލަހައްޓަމުންދިޔަ ދިވެހިންގެ އެންމެބޮޑު އިސްލާމީ ބިނާކަމުގައެވެ. ނަމަވެސް މިއަދު މިތަން ނުބެލެހެއްޓި ވީރާނާވަމުންދާ ކަމީ ކަންބޮޑުވާކަމެއްކަމަށާއި، މިތަން ރަނގަޅަށް ބަލެހެއްޓުމަކީ އިސްލާމިކް މިނިސްޓްރީން ކުރަންޖެހޭ ވަރަށް މުހިންމު ކަމެއްކަމުގައެވެ.

އިސްލާމީ މަރުކަޒަކީ ރައީސްމައުމޫނުގެ ވެރިކަމުގެ ކުރީކޮޅުއްސުރެ ވަރަށްލޯބިން ފަރުވާތެރިކަމާއެކު ބަލަހައްޓަމުން އަންނަ ރާއްޖޭގެ މުހިންމު ރަމްޒީ ބިނާއެއް. މިތަން ވީރާނާވަމުން އަންނަތަން ފެނުމަކީ ވަރަށް ހިތާމަވެރިކަމެއް. މިތަން ރަގަޅަށް ބަލަހައްޓައިދެއްވާ!

– ވައްޑެ ވިދާޅުވިއެވެ.

އިސްލާމީ މަރުކަޒަކީ، މާލޭގެ މަލަމަތިން ފެންނަ ރާއްޖޭގެ އިސްލާމީވަންތަކަމާއި، ޤައުމިއްޔަތު ދައްކުވައިދޭ ބިނާއެކެވެ. އިސްލާމީ މަރުކަޒު އިމާރާތަކީ ރައީސް މައުމޫންގެ ވެރިކަމުގައި އެންމެ ބޮޑު އިސްކަމެއް ދެއްވައިގެން އެންމެ ފުރަތަމަ ބިނާކުރެއްވި އިމާރާތެވެ. އިސްލާމީ މަރުކަޒު ހުޅުވީ 1984 ވަނަ އަހަރު އެވެ. އިސްލާމިކް މިނިސްޓްރީ ވެސް ހުންނަނީ އިސްލާމީ މަރުކަޒުގެ އިމާރާތުގައެވެ.

އިސްލާމީ މަރުކަޒު ބަލެހެއްޓުމަކީ ކޮންމެ ސަރުކާރަކުންވެސް ވަރަށް އިސްކަން ދީގެން ކޮށްފައިވާކަމެކެވެ. ޚާއްސަކޮށް ނިމިދިޔަ ވެރިކަމުގައި ވަނީ މުޅި މިސްކިތުގެ ބޭރުގައި މުށި ޖަހައި، މިސްކިތުގެ ޖާގަ ތަނަވަސްކޮށް، އެސަރަހައްދުގެ މަލަމައްޗަށް ބޮޑު ބަދަލެއް ގެނެސްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ާ ާަަޖަމަލުhum
Miverikamuga thikameh nuvaane meeyahoodhee sarukaareh.
އ އާދަނު
މިފަހަރު ފަސޭހައިން ކޮށްލެވޭތޯ ބަލާނެ. މަޖިލީހުން ބިލެއް ފާސްކުރަން ފަސޭހަ ވެސް ވާނެ.އިބޫ ގަބޫލަސް ނުގަބޫލަސް......އެސޮރު ކީއް ކުރާނީ....މިހާރުވެސް ރައީސުލް ޖުމުހޫރިއްޔާ ދައްކަންޖެހޭ ވާހަކަ ތަކާ ކުރަންޖެހޭ ގިނަ ކަންތައް ކުރަނީ އަންނި ނޫންތޯ?
ސ ސެއްޅި
ތިތަނުގައި ހުންނަންވާނީ ފައްޅިއެއް ކަމަށް ވަރަށް ކުރީއްސުރެ ބަޔަކު ގެންދިޔައީ ބުނަމުން. * ތިޔަ މަރުކަޒު ހުރި ތަނުގަ ފައްޅި ނުބެހެއްޓޭނަމަ ޖުމްހޫރީ މައިދާނުގަ ބަހައްޓާ ގޮތަށް އެވާހަކަ ދެކެވުނީ. އެހެން ދީން ތަކުގެ ގިނަ ބޭރު މީހުންވެސް އަންނަ ގައުމެއް ވީމާ އެމީހުން ނަށް އަޅުކަން ކުރެވޭ ގޮތަށް ތަނެއް ހުންނަން ޖެހޭތީއޭ ކިޔާފަ.