ނަޝީދު އިސްތިއުފާ ދެއްވީ މަޖުބޫރުން ނޫންކަން ސާފު، އެޔަށް ބަޣާވާތެކޭ ނުކިޔޭނެ: ޑރ.އިޔާޒު

ނަޝީދު އިސްތިއުފާ ދެއްވީ މަޖުބޫރުން ނޫންކަން ސާފު، އެޔަށް ބަޣާވާތެކޭ ނުކިޔޭނެ: ޑރ.އިޔާޒު

Author
މުޙައްމަދު ޝަޒައިމް
03 ޖެނުއަރީ 2021 09:27
0

ފެބްރުއަރީ 7، 2012 ގައި އޭރުގެ ރައީސް، މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވެފައިވަނީ ބަޣާވާތަކުން ކަމަށް ވިދާޅުވެ ދައްކަވާ ވާހަތަކަކީ އެއްވެސް ހަގީގަތެއް ނެތް ވާހަތަކެއް ކަމަށާއި، އެކަން ކޯނީ ރިޕޯޓުން ސާފުވާކަމަށް ދީނީ އިލްމިވެރިރާ ޑރ.މުހައްމަދު އިޔާޒު ވިދާޅުވެއްޖެއެވެ.

އެސިސްޓެންޓް ކަމިޝަނާ އޮފް ޕޮލިސްގެ މަޤާމުގައި ހުންނެވި އަބްދުﷲ ފައިރޫޝް ފުލުހުންގެ ވަޒީފާއިން ރިޓަޔާ ކުރެއްވުމުން ކޭކުފަޅައި، ދެއްކެވި ވާހަތަކާއި ގުޅިގެން ކަމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދަށް އެމްޑީޕީގެ އިސްސަފުގެ ބައެއް ބޭފުޅުންގެ ނުރުހުމުގެ ބަސްތައް ވަނީ އަމާޒުވެފައެވެ. އެގޮތުން އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ ފައިރޫޝް ފުލުހުންންގެ ވަޒީފާއިން ރިޓަޔާ ކުރެއްވުމުން ސީޕީ ހަމީދުވަނީ ފައިރޫޝްގެ 20 އަހަރުގެ ޚިދުމަތުގެ އަގު ވަޒަންކޮށް އޭނާއަށް ޝުކުރު އަދާކުރައްވާފައެވެ. ސީޕީގެ މި ޓުވީޓަށް ރައްދު ދެމުން، ހަސަން ވަރަށް ކުރުކޮށް ވިދާޅުވެފައިވަނީ ސީޕީ ހަމީދު ލަދު ގަންނަންޖެހޭކަމަށެވެ.

ސީޕީ ހަމީދުގެ ޓްވީޓަށް ރައްދު ދެއްވަމުން ދާންދޫ ދާއިރާގެ މެމްބަރު ޔައުޤޫބް އަބްދުﷲ ވިދާޅުވީ ސީޕީގެ ވާހަތަކުން 7 ފެބްރުއަރީގައި ހިނގައިދިޔައީ ބަޣާވާތެއް ނޫންކަމަށް ސިފަވާކަމާށެވެ. ނަމަވެސް ސީޕީގެ ވާހަކަތަކަކީ ދިވެހިންނަށް ބަލައި ގަންނަން އުދަނގޫ ވާހަތަކެއްކަމަށް ޔައުގޫބް ވިދާޅުވިއެވެ.

އެހެންވީމަ 7 ފެބުރަރީ އަކީ ބަޣާވާތެއް ނޫންދޯ. ދިވެހިންނަށް ބަލައި ގަންނަން އުދަގޫވާ ޒާތުގެ ވާހަކަ އެއް ތިޔަ ވިދާޅު ވެވުނީތި. ވަރަށް ދަދުވެތި.

– ޔައުޤޫބު ވިދާޅުވިއެވެ.

ޔައުޤޫބުގެ ނިވާހަކަ ތަކަށް ރައްދު ދެއްވަމުން ޑރ.އިޔާޒު ވިދާޅުވީ 7 ފެބުރުއަރީ 2012 ގައި ހިނގައިދިޔަ ކަންތައްތަކާއި ގުޅިގެން ޚާއްސަ ރިޕޯޓެއް އެކުލަވާލައި ވެރިކަން ބަދަކުވި ގޮތް ވަރަށް ސާފުކޮށް އެގެން އޮތް ކަމަށެވެ. ވެރިކަން ބަދަލު ވެފައިވަނީ ރަނގަޅަށް ކަމަށާއި، ރައީސް ނަޝީދު އިސްތިއުފާ ދެއްވާފައިވަނީ އަމިއްލަ ފުޅަށްކަން ރިޕޯޓުން ހާމަވާން އޮތް އިރު، އެޔަށް ބަޢާވާތެކޭ ކިޔޭނެ ހަމަޔަކީ ކޮބައިތޯ އިޔާޒު ވަނީ ސުވާލު އުފައްދަވާފައެވެ. 

7 ފެބުރުއަރީ 2012 ގައި ހިނގައިދިޔަ ކަންތައްތައް ބަލައި އެކުލަވާލި "ކޯނީ ރިޕޯޓް" ގައި ވަރަށް ސާފުކޮށް ބުނެފައިވޭ އޭރުގެ ރައީސް މުހައްްމަދު ނަޝީދު އިސްތިއުފާ ދެއްވީ އަމިއްލަ އިޚުތިޔާރުގައި މަޖުބޫރުކަމެއް ނެތި ކަމަށް ދެން އެޔަށް ބަޣާވާތޭ ކިޔޭނެ ހަމަ އަކީ ކޮބައިތޯ؟

– ޑރ.އިޔާޒު ވިދާޅުވިއެވެ.

ފައިރޫޝްއަކީ ރައީސް ނަޝީދުގެ ވެރިކަމުގައި، އެމަނިކުފާނު އަމިއްލަފުޅަށް އިސްތިއުފާ ދެއްވުމުގެ ކުރިން ހިނގައިދިޔް ކަންތައްތަކުގައި ފުލުހުންގެ ތެރެއިން ވަރަށް އިސްކޮށް އެދުވަހު ހަރަކާތްތެރިވި ބޭފުޅެކެވެ. ވެރިކަން ބަދަލުވުމަށްފަހު ރައީސް ނަޝީދުދަނީ ކެންޑިޑޭޅި ފުލުުހުންގެ މުއައްސަސާއަށާއި، ރައީސް ނަޝީދުގެ ވެރިކަން ބަދަލުވި ދުވަހު އިސްސަފުގައި ހަރަކާތްތެރިވި ބޭފުޅުންނަށް ނުސީދާކޮށް ބަހުގެ ހަމަލާތައް ދެއްވަމުންނެވެ.

މުހައްމަދު ނަޝީދުގެ ވެރިކަން ފެބްރުއަރީ، 7، 2012 ވަނަ ދުވަހު ބަދަލުވީ، ގާނޫނީ ހަމަތަކުގެ މަތީން ކަމަށް އެކަން ބެލުމަށް، އުފެއްދި ކޯނީ ރިޕޯޓްގައި ވަނީ ބުނެފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ع علي وحيد
ކެނެރީގެ ނަސީދު ވެރިކަމުން އިސްތިއުފާދިނީ އެއްވެސް މަޖުބޫރުކަމެއް އޮވެގެނެއްނޫންކަމް ވަރަށްސާފު އިސްތިއުފާ ދިން ސަބަބު އިސްތިއުފާ ދިނުމުގެތެރޭގަ ގައުމާއި މުޚާޠަބުކޮށް ނަސީދު ދެއްވި ވަދާޢީ ތަގުރީރުންވެސް ވަރަށްސާފު ހަމައެގޮތައް ކޯނީ ރިޕޯޓުންވެސް ވަރަށްސާފު