މަސައްކަތްތެރިންގެ ހައްޤުތަކަށް ގޮވާލައި މާލޭގައި ބޭއްވި ހިނގާލުމުގައި ހަމަނުޖެހުން ހިނގައިފި

މަސައްކަތްތެރިންގެ ހައްޤުތަކަށް ގޮވާލައި މާލޭގައި ބޭއްވި ހިނގާލުމުގައި ހަމަނުޖެހުން ހިނގައިފި

Author
ހުސައިން
01 މެއި 2025 09:54
0

މިއަދު ފާހަގަކުރެވުނު ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ދުވަހާ ގުޅިގެން، މަސައްކަތްތެރިންގެ ހައްޤުތަކަށް ވަކާލާތުކުރާ އެކި ޖަމިއްޔާތަކުން މާލޭގައި ހިނގާލުމެއް ބާއްވައިފިއެވެ. 'މޭ ޑޭ ހިނގާލުން' ގެ ނަމުގައި ކޮންމެ އަހަރަކުހެން ބާއްވަމުން އަންނަ މި ހަރަކާތުގައި ޓެކްސީ ޑްރައިވަރުންނާއި މަސްވެރިންގެ ޔޫނިއަން ފަދަ ޖަމިއްޔާތަކުން ބައިވެރިވިއެވެ.

ސުލްހަވެރި ހަރަކާތެއްގެ ގޮތުގައި މި ހިނގާލުން ކުރިއަށް ގެންދިޔުމަށް ފުރަތަމަ ފުލުހުން ހުއްދަ ދީފައިވަނީ، އާޓިފިޝަލް ބީޗުން ފަށައިގެން މަޖީދީމަގުން ގޮސް ރަސްފަންނާ ހަމައަށް ނިންމާ ގޮތަށެވެ. ނަމަވެސް ވަކި ހިސާބަކުން ހިނގާލުން މަޖީދީމަގުން ކުރިއަށް ނުދެވޭ ގޮތަށް ފުލުހުން ހުރަސްއަޅާފައިވެއެވެ. ފުލުހުން މިކަން ކުރި ސަބަބެއްގެ ގޮތުން ބުނެފައިވަނީ، ހިނގާލުމުގެ މަގު ބަދަލުކުރިކަން ސިޓީއަކުން އަންގާފައިވާ ކަމަށެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުންނާއި ހިނގާލުމުގެ ބައެއް ބައިވެރިންނާ ދެމެދު ހޫނު ބަހުސްތަކެއް ހިނގައި، މަޝްރަހު ވަރަށް ބޮޑަށް ހޫނުވެގެން ދިޔައެވެ. ހިނގާލުމަށް ފުލުހުން ހުރަސް އެޅުމާ ގުޅިގެން ގިނަ ބައެއްގެ ފަރާތުން ފާޑުކިޔުންތައް އިވެމުންދިޔައެވެ.

މި ހިނގާލުމުގައި ބައިވެރިވި ފަރާތްތަކުން ގޮވާލާފައިވަނީ މަސައްކަތްތެރިންގެ ހައްޤުތައް އަދާކޮށްދީ، މަސައްކަތަށް އެކަށީގެންވާ އުޖޫރަ ދިނުމަށެވެ. މަސައްކަތްތެރިންގެ ދުވަހާ ގުޅިގެން ކޮންމެ އަހަރަކުވެސް މިފަދަ ހިނގާލުންތައް ބޭއްވުމަކީ އާންމު ކަމެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.