މަޖިލީހުގެ ދިރާސާ ރަނގަޅު، އަންދާޒާކުރި އަދަދަށް ފަތުރުވެރިން އައިސްފި

މަޖިލީހުގެ ދިރާސާ ރަނގަޅު، އަންދާޒާކުރި އަދަދަށް ފަތުރުވެރިން އައިސްފި

Author
މުޙައްމަދު ޝަޒައިމް
02 ޖެނުއަރީ 2021 08:34
0

2020 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުން ހެދި ދިރާސާގައިވާ އަންދާޒާއާ އެއްވަރަށް ފަތުރުވެރިން އައިސްފައިވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު ވިދާޅުވީ، ކޯވިޑް-19 އާ ގުޅިގެން ރައްޔިތުންގެ މަޖިލީސް އިން އެކުލަވާލި ރިޕޯޓްގައި 2020 ވަނަ އަހަރު ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތް ކުރާނެ މިންވަރު ކަަމަށް ލަފާ ކޮށްފައި ވަނީ 450،000 އާއި 641،000 އާއި ދެމެދުގެ އަދަދެއް ކަމަށެވެ.

2020 ވަނަ އަހަރު ނިމުނު އިރު ރާއްޖެއަށް 55،5213 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ޓޫރިޒަމް މިިނިސްޓްރީން ވަނީ ހާމަކޮށްފައެވެ. ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ބޯޑަރު ހުޅުުވާލިފަހުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 172366 ފަތުރުވެރިންނެވެ.

ބޯޑަރު ހުޅުވާލި ޖުލައިމަހު ރާއްޖެއަށް އައިސްފައިވަނީ 1701 ފަތުރުވެރިންނެވެ. އަދި އޮގަސްޓުމަހު 7628 ފަތުވެރިޔަކު ރާއްޖެ ޒިޔާރަތްކޮށްފައިވެއެވެ. އަދި ސެޕްޓެމްބަރުމަހު ރާއްޖެއަށް އައިސްފައިވަނީ 9538 ފަތުރުވެރިންނެވެ. އޮކްޓޫބަރުމަހު ރާއްޖެއަށް 21515 ފަތުުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ނޮވެމްބަރުމަހު ރާއްޖެއަށް ވަނީ 35759 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން ޑިސެމްބަރުމަހު ރާއްޖެއަށްވަނީ 96225 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ ބޯޑަރު ހުޅުވާލި ފަހުން އެއް މަސް ދުވަސްތެރޭ އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާ މަހެވެ. އަދި ޑިސެމްބަރުމަހު ރާއްޖެއަށް އައިސްފައިވާ ފަތުރުވެރިންގެ އަދަދު އޭގެ ކުރީ ފަސް މަހު ރާއްޖެއަށް އައި ފަތުރުވެރިންގެ ޖުމްލަ އަދަދަށްވުރެވެސް އިތުރެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.