މާލޭގައި ޓޭކްއަވޭއެއްގެ ބިއްލޫރި ރެކް ތަޅާލި މައްސަލަ ފުލުހުން ތަޙުޤީޤު ކުރަނީ

މާލޭގައި ޓޭކްއަވޭއެއްގެ ބިއްލޫރި ރެކް ތަޅާލި މައްސަލަ ފުލުހުން ތަޙުޤީޤު ކުރަނީ

Author
ހުސައިން
27 އޭޕްރިލް 2025 09:16
0

މާލޭގެ އިރަމާމަގުގައި ހުންނަ ކެފޭއެއްގައި ފިރިހެނަކު ބިއްލޫރި ރެކެއް ތަޅާލި މައްސަލައެއް މިއަދު ހެނދުނު 08:56 ގައި ފުލުހުންނަށް ރިޕޯޓުކުރެވިފައިވާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިގޮތުގައި މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށެވެ. މި ހާދިސާގެ ވީޑިއޯ މިހާރު ވަނީ ސޯޝަލް މީޑިއާގައި ފުޅާ ދާއިރާއެއްގައި ޙިއްސާކުރެވިފައެވެ.

ވީޑިއޯގައި ފެންނަ ގޮތުން، އެ ފިރިހެނާ އެތަނުގެ މުވައްޒަފަކާ ވާހަކަދެއްކުމަށްފަހު، ކެފޭގެ ކާބޯތަކެތި ބަހައްޓާފައި ހުރި ބިއްލޫރި ރެކްގައި ފައިން ޖަހައި، އެ ރެކް ތަޅާލިއެވެ. އެއަށްފަހު އެމީހާ ހަމަޖެހިލައިގެން އެތަނުން ނިކުމެގެން ދިޔައެވެ.

މި މައްސަލަ ފުލުހުން މިހާރު ދަނީ ތަޙުޤީޤުކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.