މާލެއިން މީހަކު ގެއްލިގެން ހޯދަނީ

މާލެއިން މީހަކު ގެއްލިގެން ހޯދަނީ

Author
ހުސައިން
27 އޭޕްރިލް 2025 01:52
0

މާލެއިން މީހަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރަމުންދާކަމަށް ބުނެފިއެވެ.

ގެއްލިގެން ހޯދަމުންދަނީ ތ. ތިމަރަފުށި، ސަލްވާ، ފާޠިމަތު ޝަހުދާ (31އ) އެވެ.

2025 އޭޕްރީލް 22 ވަނަ ދުވަހުން ފެށިގެން ފާޠިމަތު ޝަހުދާ ހަބަރެއް ނުވެ ގެއްލިފައިވާކަމަށް ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ 2025 އޭޕްރީލް 24 ވަނަ ދުވަހު 20:00 އެހައިކަންހާއިރުއެވެ. ފާޠިމަތު ޝަހުދާ އެންމެ ފަހުން ފެނިފައިވަނީ މާލެ، އަލިކިލެގެފާނުމަގު ސިޓީ ޕާކް ސަރަހައްދުންކަމަށާއި އެއިރު ލައިގެން ހުރީ ފެހި ކުލައިގެ ހެދުމެއްކަމަށް އާއިލާއިން މައުލޫމާތު ދެއެވެ.

ފާޠިމަތު ޝަހުދާއާބެހޭ އެއްވެސް މައުލުމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ތ. ތިމަރަފުށި ޕޮލިސް ސްޓޭޝަން ނަންބަރު 9792269 އަށް ގުޅުއްވައި ހިއްސާކުރެއްވުން ފުލުހުންގެ ފަރާތުން އެދިފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.