ޝުޖާއު އިސްތިއުފާދެއްވުމާއެކު ފުލުހުންގެ ހިންގުން ފަރުހާދު ފިކުރީއާ ހަވާލުކުރެވިއްޖެ

ޝުޖާއު އިސްތިއުފާދެއްވުމާއެކު ފުލުހުންގެ ހިންގުން ފަރުހާދު ފިކުރީއާ ހަވާލުކުރެވިއްޖެ

ގުޅުންހުރި

ފުލުހުންގެ ކޮމިޝަނަރު އަލީ ޝުޖާއު މަގާމުން އިސްތިއުފާދެއްވުމާ ގުޅިގެން، ފުލުހުންގެ ހިންގުން ވަގުތީގޮތުން ޑެޕިއުޓީ ކޮމިޝަނަރު ފަރުހާދު ފިކުރީއާ ހަވާލުކުރެވިއްޖެއެވެ. މިކަން މިހެން ހިނގާފައިވާކަން ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު ވަނީ ރަސްމީކޮށް ހާމަކުރައްވާފައެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ކޮމިޝަނަރު ޝުޖާއުގެ އިސްތިއުފާ ގަބޫލުފުޅުކުރައްވާފައިކަމަށް ހީނާ ވިދާޅުވިއެވެ. އެހެންނަމަވެސް ޝުޖާއު އިސްތިއުފާ ދެއްވަން ނިންމެވި ސަބަބެއް އަދި ހާމަކުރައްވާފައެއް ނުވެއެވެ.

ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން 'އެކްސް' މެދުވެރިކޮށް ހާމަކުރެއްވި ގޮތުގައި، ފުލުހުންގެ ގާނޫނުގެ ދަށުން ކޮމިޝަނަރުގެ އެންމެހާ މަސްއޫލިއްޔަތުތައް މިހާރު ވަނީ ޑެޕިއުޓީ ކޮމިޝަނަރު ފަރުހާދު ފިކުރީއާ ހަވާލުކުރެވިފައެވެ.

އަލީ ޝުޖާއުގެ އިސްތިއުފާ މިވަގުތު އައިސްފައިވަނީ، ހ. ފެންޓެނޯއީގޭ ނުވަވަނަ ފަންގިފިލާއިން މި މަހުގެ 18 ވަނަ ދުވަހުގެރޭ ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ މަރުގެ މައްސަލައިގެ ތަހްގީގު ކުރިއަށްދާ ގޮތާމެދު ސުވާލު އުފެދި، އިހްތިޖާޖުތައް ހަރުދަނާވަމުން އަންނަ ދަނޑިވަޅެއްގައެވެ. މި އިހްތިޖާޖުތަކުގައި އެންމެ ބޮޑަށް އެއް އަޑަކަށް ގޮވަމުން އައީ ކޮމިޝަނަރު ޝުޖާއުގެ އިސްތިއުފާއަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ