ބީއެމްއެލްގެ މުވައްޒަފުންގެ އަގުވަޒަން ކޮށްފި

ބީއެމްއެލްގެ މުވައްޒަފުންގެ އަގުވަޒަން ކޮށްފި

Author
ހުސައިން
26 އޭޕްރިލް 2025 07:59
0

ރާއްޖޭގެ އެންމެ ގިނަ ކަސްޓަމަރުންގެ އިތުބާރު ހޯދާފައިވާ ބީއެމްއެލްގެ 2024 ވަނަ އަހަރުގެ އެންމެ ރަނގަޅު މުވައްޒަފުންގެ އަގުވަޒަންކުރުމުގެ އެވޯޑު ހަފުލާ ރޭ ކްރޮސްރޯޑްސްގައި ބާއްވައިފިއެވެ.

މި އަހަރުގެ "އެމްޕްލޯއީ އޮފް ދަ އިޔާ" އެވޯޑު ލިބުނީ ޑިރެކްޓަރ އޮފް ފައިނޭންޝަލް ޓްރާންސެކްޝަންސް، ހުޒާއަތު އަލީއަށެވެ. މިއީ ބޭންކުގެ އެންމެ ޝަރަފުވެރި އެވޯޑެވެ. އަދި "ސީއީއޯ އެވޯޑް ފޯ އައުޓްސްޓޭންޑިންގ އެޗީވްމަންޓްސް" ހެޑް އޮފް ކަސްޓަމަރ އެކްސްޕީރިއަންސް ހުސައިން ރަޝީދާއި ހެޑް އޮފް ޕްރިމިއަމް ބޭންކިންގ އަބްދުﷲ ސޮބާހު ވަނީ ހާސިލްކޮށްފައެވެ. އިންޗާޖު އޮފް ޑިޖިޓަލް ޓެކްނޮލަޖީ ޑިވިޝަންގެ މުޙައްމަދު ސާވީ ވަނީ "ލީޑަރޝިޕް އެކްސެލެންސް އެވޯޑު" ހާސިލްކޮށްފައެވެ.

މީގެ އިތުރުން، ފާއިތުވި އަހަރު ފާހަގަކޮށްލެވޭ މަސައްކަތްތައް ކުރި މުވައްޒަފުންނާއި ޓީމުތަކަށް އެކި ކެޓަގަރީތަކުން އެވޯޑު ދެވުނެވެ. މީގެ ތެރޭގައި ބެސްޓް ޑިވިޝަނަލް އެމްޕްލޯއީ، އިމާޖިން ޓެލެންޓް، ކަސްޓަމަރ ސަރވިސް އެކްސެލެންސް، އައުޓްސްޓޭންޑިންގ ޓީމް އެކްސެލެންސް އަދި އިނޮވޭޝަން ކެޓަލިސްޓު ކެޓަގަރީ ހިމެނެއެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފު ހަފުލާގައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ބޭންކުގެ ކާމިޔާބީގެ ފަހަތުގައި ތިބީ މުވައްޒަފުން ކަމަށެވެ. އަދި މުވައްޒަފުންގެ ކުރިއެރުމަށް މިދިޔަ އަހަރު ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަމަށް ފާހަގަކުރެއްވިއެވެ.

"ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޕްރޮގުރާމުތަކާއި ފްލެކްސިބަލް މަސައްކަތުގެ އިންތިޒާމުތަކާއި މުވައްޒަފުންގެ އެކި ބޭނުންތަކާ އެއްގޮތްވާ ގޮތުގެ މަތިން ތަފާތު ޕްރޮގުރާމުތައް އަޅުގަނޑުމެން ވާނީ ތައާރަފުކޮށްފައި. މި ބަދަލުތަކުން ދައްކައި ދެނީ ރަނގަޅު މަސައްކަތުގެ މާހައުލެއް ގާއިމުކުރުމަށް އަޅުގަނޑުމެންދޭ އަހައްމިއްޔަތު،" ޝަރީފު ވިދާޅުވިއެވެ.

ފާހަގަކޮށްލެވޭ ކަމަކީ ބީއެމްއެލްއިން ކޮންމެ އަހަރަކުވެސް މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ގޮތުން އަހަރީ އެވޯޑު ހަފުލާއެއް ބާއްވަމުން ގެންދާކަމެވެ. މި އަހަރުގެ ހަފުލާގައިވެސް އެންމެ މޮޅު މުވައްޒަފުންނާއި ގުޅިގެން މަސައްކަތްކުރި ޓީމުތައް ފާހަގަކޮށް އެފަރާތްތަކަށް އެވޯޑު ދެވުނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.