ފާއިތުވި ހުކުރު ދުވަހުގެ ފަތިހު 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު ވެއްޓުނު ހ. ފެންޓެނޯއިގޭގެ ވެރިފަރާތުން ނޫސްވެރިން އެގެއަށް ނުވެއްދުމަށް ނިންމައިފިއެވެ. މިކަން ފުލުހުން ވަނީ ނޫސްވެރިންނަށް އަންގާފައެވެ.
ޔުމްނު ވެއްޓިފައިވަނީ ހ. ފެންޓެނޯއިގޭގެ 9 ވަނަ ފްލޯއިން ޖެހިގެން ހުންނަ ގުދަނެއްގެ ފުރާޅު މައްޗަށެވެ. މި ހާދިސާއާ ގުޅިގެން ނޫސްވެރިންނަށް އެ ގެއަށް ވަދެވޭނެ ފުރުސަތު ހޯދުމަށް ފުލުހުން މަސައްކަތްކުރި ނަމަވެސް، އެ ގޭގެ ވެރިފަރާތުން ވަނީ އެކަމަށް ހުއްދަ ނުދޭން ނިންމާފައެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ، "މިއަދުގެ ޕްރެސްގައި ދެންނެވި ގޮތަށް ހާދިސާ ހިނގި ގެއަށް ނޫސްވެރިންނަށް ވަދެވޭނެ ފުރުސަތު ހޯދުމުގެ ގޮތުން އެ ގޭގެ ވެރިފަރާތާ މަޝްވަރާކުރުމުން އެގެއަށް މީޑިއާ ވެއްދުމުގެ ހުއްދަ ދެވެންނެތްކަމަށް ވަނީ ދަންނަވާފައި" ކަމަށެވެ.
މި ހާދިސާއާ ގުޅޭ އިތުރު މަޢުލޫމާތު ލިބުމުން އަންގާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ކޮމެންޓު ފޮނުވާ