ސަރުކާރު ހިންގުމަށް ހުރަސް އަޅުއްވަން އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ކުރައްވާ މަސައްކަތް ހުއްޓުވުމަށް ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި މާލެ ސިޓީގެ މޭޔަރުގެ މަޤާމަށް ކުރިމަތިލައްވާ އަލްހާން ފަހުމީ ގޮވާލައްވައިފި އެވެ.
ނިމިދިޔަ ސަރުކާރުން ނަގާފައިވާ ދަރަނި އަލުން މުރާޖާކުރުމަށް މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ސަރުކާރަށް ގޮވާލައްވާ މިއަދު ކުރެއްވި ޓްވީޓާއި ގުޅިގެން އަލްހާން ކުރެއްވި ޓްވީޓްގައި ވިދާޅުވީ މިއީ ސަރުކާރު ހިންގަން ހުރަސް އެޅުމަށް ރައީސް ނަޝީދު ކުރައްވަމުންދާ މަސައްކަތްތަކެއް ކަމަށެވެ. ސަރުކާރު ހިންގުމަށް ހުރަސް އަޅައި ސަރުކާރުން ކުރަމުންދާ ކަންކަން ހުއްޓުވުމަށް ރައީސް ނަޝީދު ކުރައްވާ މަސައްކަތް ރައީސް ޞާލިހާއި އެޕާޓީގެ އާންމު މެމްބަރުން ހުއްޓުވަން ޖެހޭކަމަށް އަލްހާން ވިދާޅުވި އެވެ.
އެމްޑީޕީގެ ރައީސް @MohamedNasheed ސަރުކާރު ހިންގަން ހުރަސް އަޅުއްވަން ކުރައްވާ މަސައްކަތް ހުއްޓުވުމަށް ޕާޓީގެ މެމްބަރުންނާ @MDPSecretariat ގެ އިސް ލިޑަރ ރައީސް @ibusolih އަށް އިލްތިމާސްކުރަން! https://t.co/JiZF0R2bDj
— ????? ????? – ?? (@AlhanFahmy) October 10, 2020
ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޯވިޑް-19 ގެ ހާލަތާއި ގުޅިގެން ދައުލަތުގެ ދަރަނި އިތުރަށް ބޮޑުވެ ޤައުމުގެ އިޤްތިޞާދު ހުއްޓުމަކަށް އައިސްފައިވާކަމަށެވެ. މިއަދު ދިމާވެފައިވާ އެންމެބޮޑު ގޮންޖެހުމަކީ ދައުލަތުގެ ދަރަނި އިންތިހާއަށް ބޮޑުވެ ދަރަނި އަނބުރާ ދައްކާނެ އާމްދަނީއެއް ދައުލަތުގައި ނެތުންކަމަށް މަޖިލިސް ރައީސް ވިދާޅުވި އެވެ.
ރައީސް ނަޝީދުވަނީ 2012 އިން 2018 އަށް އޭރުގެ ސަރުކާރުން ނަގަފައިވާ ގިނަ ލޯނުތަކުގެ ގްރޭސް ޕީރިއަޑު ހަމަވެ އެލޯނުތައް ދެއްކުމުގެ ބުރަވެސް ރައީސް ޞާލިހަށް މަތިވެފައިވާކަމަށް ވިދާޅުވެފަ އެވެ. ރައީސް ނަޝީދު ނުސީދާ ގޮތަކަށް ކުރީ ސަރުކާރުން ނަގާފައިވާ ދަރަނީގެ ލޯނުތަކުގެ ގޮތުގައި ސިފަ ކުރައްވާފައިވަނީ ޗައިނާއިން އެކި ކަންކަމުގައި ނަގަފައިވާ ލޯނުތަކަށެވެ.
ރައީސް ނަޝީދު ވިދާޅުވީ މިވަގުތު ގައުމުގެ އިޤްތިޞާދު އޮތް ގޮތުންނާއި ޤައުމުގެ އުފުއްދުންތެރިކަމުގެ ނިސްބަތް އޮތް ހިސާބުން ނިމިދޔަ ވެރިކަމުގައި ނަގަފައިވާ ދަރަނި އަލުން މުރާޖާކޮށް، ޖޫރިމަނާއަކާއި ނުލައި ދަރަނި އަދާކުރެވޭނޭ ގޮތަކަށް ލޯނު ދޫކުރި ފަރަތްތަކާއި ވާހަކަ ދައްކައިގެން ހައްލު ހޯދުމަކީ އެންމެ ބުއްދިވެރި ގޮތްކަމަށެވެ.
ރައީސް ނަޝީދަށް ފާޅުގައި އެންމެ ބޮޑަށް ފާޑުވިދާޅުވާ ބޭފުޅުންގެ ތެރޭގައި ހިމެނޭ އަލްހާން ފަހުމީ ވަނީ ރައީސް ނަޝީދު ސަރުކާރު ބަލިކަށި ކޮށްލުމަށް ކުރަމުންދާ އެއްވެސް ކަމެއް ކާމިޔާބް ނުވުމުން މިހާރު ސަރުކާރުގެ މަދަދު ހޯދުމަށް މަަސައްކަތް ކުރަމުންދާކަމަށް ވިދާޅުވެފައެވެ. އެގޮތުން އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލްގެ ނޯކޮންފިޑެންސް ވޯޓް ކާމިޔާބް ނުވުމުން ރައީސް ނަޝީދު މިއަދު ވަނީ އެމްޑީޕީގެ ތެރެއިންނާއި ސަރުކާރުގެ ތެރެއިން ވަރަށްބޮޑަށް ބަލިކަށި ވެފައިކަމަށް އަލްހާން ވަނީ ވިދާޅުވެފަ އެވެ.
ކޮމެންޓު ފޮނުވާ