އެސިސްޓެންޓް ކަމިޝަނާ އޮފް ޕޮލިސްގެ މަޤާމުގައި ހުންނެވި އަބްދުﷲ ފައިރޫޝް ފުލުހުންގެ ވަޒީފާއިން ރިޓަޔާ ކުރެއްވުމުން އޭނާއަށް ފުލުހުން ކުރި މަޣާވާތުގެ ޝުކުރު އަދާކުރިންތޯ ރައީސް ނަޝީދުގެ ފޭކް އެކައުންޓުން ސީޕީ ހަމީދާއި ސުވާލު ކުރައްވައިފިއެވެ.
ރައީސް ނަޝީދު ގެންގުޅުއްވާ ފޭކް ޓުވިޓާ އެކައުންޓުން ކޮށްފައިވާ ޓްވީޓުގައި، ސީޕީ ހަމީދު ކުރެއްވި ޓުވީޓަށް ކުރެއްވި ކޮމެންޓުގައި ވިދާޅުވީ އެސިސްޓެންޓް ކަމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ފައިރޫޝް ރިޓަޔާ ކުރެއްވުމުން އޭނާއަށް ފުލުހުން ކުރި ބަޢާވާތުގެ ޝުކުރުވެސް ސީޕީ އަދާކުރެއްވިންތޯއެވެ.
ފައިރޫޝްއަކީ ރައީސް ނަޝީދުގެ ވެރިކަމުގައި، އެމަނިކުފާނު އަމިއްލަފުޅަށް އިސްތިއުފާ ދެއްވުމުގެ ކުރިން ހިނގައިދިޔް ކަންތައްތަކުގައި ފުލުހުންގެ ތެރެއިން ވަރަށް އިސްކޮށް އެދުވަހު ހަރަކާތްތެރިވި ބޭފުޅެކެވެ. ވެރިކަން ބަދަލުވުމަށްފަހު ރައީސް ނަޝީދުދަނީ ކެންޑިޑޭޅި ފުލުުހުންގެ މުއައްސަސާއަށާއި، ރައީސް ނަޝީދުގެ ވެރިކަން ބަދަލުވި ދުވަހު އިސްސަފުގައި ހަރަކާތްތެރިވި ބޭފުޅުންނަށް ނުސީދާކޮށް ބަހުގެ ހަމަލާތައް ދެއްވަމުންނެވެ.
Did you thank him for the Mutiny as well.
— Alex Ahmed (@anedhivehirajje) January 2, 2021
ފުލުހުންގެ ޚިދުމަތުން ފައިރޫޝް ރިޓަޔަރކުރެއްވުމާއި ގުޅިގެން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ، ފުލުހުންގެ މުޢައްސަސާއަށް ފައިރޫޝް ކޮށްދެއްވި ޚިދުމަތަށް ޝުކުރު އަދާކުރައްވާފައެވެ.
ފައިރޫޝްވަނީ 2017 ވަނަ އަހަރު ސޯޝަލް މީޑިއާގައި ސަރުކާރާއި ފުލުހުންނާ ބެހޭ ގޮތުން ނުރަނގަޅު ތަސައްވަރެއް އުފެދޭ ވާހަކަ ދައްކާ ކަމަށް ބުނެ ވޒީފާއިން ވަކިކޮށްފައެވެ. ނަމަވެސް 2018 ވަނަ ވަނަ އަހަރު ސިވިލްކޯޓުންވަނީ ފައިރޫޝް މަޤާމުން ވަކިކޮށްފައިވަނީ ޤާނޫނާއި ޚިލަފަށްކަމަށް ކަނޑައަޅައި އަލުން ވަޒީފާދޭން ހުކުމްކޮށްފައެވެ.
ފުލުހުންގެ ޚިދުމަތުން ޑރ. ފައިރޫޒް ރިޓަޔަރކުރެއްވިއިރު އޭނާ ހުންނެވީ ފުލުހުންގެ ހެޑް އޮފް ރިސޯސް މެނޭޖްމެންޓްގެ މަގާމުގައެވެ. މިއީ ފުލުހުންގެ ފައިނޭންސާއި އިންސާނީ ވަސީލަތްތަކާއި އިންޖިނިއަރިން އަދި މެކޭނިކަލް ސާވިސް ހިމެނޭ ޑިޕާޓްމެންޓެވެ. ފައިރޫޝްއަކީ އޮސްޓްރޭލިއާގެ މެކުއަރީ ޔުނިވާސިޓީން ލޯ އެންފޯސްމަންޓް އިންޓެލިޖެންސްއިން ޕީއެޗްޑީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. ފުލުހުންގެ ޚިދުމާއި 1998 ވަނަ އަހަރުގެ އޮކްޓޫބަރުމަހުގެ 12 ވަނަ ދުވަހު ގުޅިވަޑައިގަތް ފައިރޫޝް ވަނީ 20 އަހަރާއި 1 މަސްދުވަސް ހޭދަކުރައްވާފައެވެ.
ފުލުުހުންނަށް ދޭ 9 ކުލައަކާއި 6 މެޑަލް ފައިރޫޝް ހާސިލްކުރައްވާފައިވާއިރު، އޭނާ ވަނީ ރާއްޖެއާއި ރާއްޖެއިން ބޭރުން ތަފާތު އެކި ތަމްރީންތައް ފުރިހަމަކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ